ޚަބަރު

ކޮވިޑް-19: ފްރަންޓްލައިން އެލަވަންސް 90 މިލިއަނަށްވުރެ މައްޗަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ އޮފިޝަލުންނަށް ދޭ އެލަވަންސް 90 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ހިނގާ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 10,180 ހިދުމަތްތެރިއަކަށް 90.32 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައި ވެއެވެ.

މިއީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 7ވަނަ ދުވަހު ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން އެ އޮފިޝަލުންނަށް ލިބެންވާ އެލަވަންސް ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ.

މިއެލަވަންސް ލިބުން ލަސްވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފައެވެ. އަދި ސަރުކާރުން ފަހުން ވަނީ އެކަންތައް އިސްލާޙު ކޮށްފައެވެ.

ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ސިއްޙީ ޚިދުމަތްތެރީންނާއި، ފުލުހުންނާއި، ސިފައިންގެ އިތުރުން ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ވެސް ވަނީ ފްރަންޓްލައިނުގައި މަސައްކަތް ކުރަން ފަށާފައެވެ.

Ads by Ooredoo
  1. ފްރޮންޓް ލައިން މެމްބަރްއެއް

    ޢަދިވެސް އެލެވެންސް އެއް ނުދޭ، މާރިޗް މަހުން ފެށިގެން ވެސް ނުލިބޭ. ޥަރަށް ފްރަސްޓްރޭޓް ވެފަ މި ތިބީ. ބަލަމާ މި އަންނަ ހަފްތާގަ ތި ބުނާ އެލަވަންސް ޖަމާކުރާތޯ

  2. ފިޔާތޮށި

    މިހާތަނަށް ކަނޑައެޅި ބަޖެޓް ޑިސެންބަރ މުސާރަޔާއެކު ފުލުހުންނަށް ދީ ނިމިޖެކަމަށް ހަބަރުލިބޭ. އަދި އިތުރުބަޔަކަށް ދީނިމިފައިވާ ކަމަށް އެގިފަކަނެއް.