ކަނޑިތީމު ފަޅުގައި އޮތް ދޯންޏެއްގައި ރޯވެއްޖެ

ށ.ކަނޑިތީމު ފަޅު ތެރޭގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މި ދޯނީގައި ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:45 ހާއިރު ކަމަށާއި އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ފުލުހުންނާއި އާއްމުން ގުޅިގެން އެސަރަހައްދުގައި އަޅާފައިވާ ދޯނިތައް ފަހަތަށް ޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.