ޚަބަރު

ފައުޒަންގެ މަރު: ދެ ދުވަސް ކުރީގެ ފޭސްބުކް ޕޯސްޓަކަށް ބޮޑު ސަމާލުކަމެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަދު މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކަށްވީ، ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނިކޮށް ތިން ކުއްޖަކު ގެނބި، ފުވައްމުލަކަށް އުފަން، އެރަށު ސްކޫލް ގްރޭޑް 10 ގައި ތަޢުލީމު ހާސިލު ކުރަމުންދިޔަ އަހުމަދު ފައުޒަން ނިޔާވި ޚަބަރެވެ.

Ads by STELCO

ފައުޒަން ނިޔާވުމާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް ހެޔޮ ދުއާ ކުރަމުން އަންނައިރު، މީގެ ދެ ދުވަސްކުރިން އޭނާ ކުރި ފޭސްބުކު ޕޯސްޓަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރުމަށް މޫދަށް އެރި އުޅެނިކޮށް ނިޔާވި ފައުޒަން، ކުރި އެ ޕޯސްޓުގައި ވަނީ ބުނެފައި ވަނީ ކުއްލިއަކަށް އޭނާގެ މަރުގެ ޚަބަރު ލިބިއްޖެނަމަ އޭނާއަށް މާފުކޮށް، ތިބާގެ ހެޔޮ ދުއާގައި ބައިވެރި ކޮށްދިނުމަށެވެ.

މިހާދިސާ އެންމެ ފުރަތަމަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހަވީރު 4:47 ހާއިރެވެ. ނަމަވެސް އެއިރު ފުލުހުންނަށް ހުށަހަޅާފައިވަނީ ފައުޒާން ގެއްލިގެން ހޯދާ ކަމަށެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނިފައިވަނީ 5:50 ހާއިރެވެ. އަދި ފައުޒާން އަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެއްޖެ ކަމުގެ ޚަބަރު ލިބިފައިވަނީ 6:45 ހާއިރެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!