ދީން

ދީނުގެ ކަންކަން ހިއްސާ ކުރުން އެއީ ދެއްކުންތެރިކަމެއް ނޫން: އިޝާން

ދެން އެމްވީ ، ދެން އޮންލައިން

ދީނުގެ ކަންކަން ހިއްސާ ކުރުމަކީ ދެއްކުންތެރިކަމެއް ނޫން ކަމުގައި ކުރީގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ މުޙައްމަދު އިޝާން ބުނެފިއެވެ.

Ads by Sosun Fihaara

އިޝާން އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނެފައިވަނީ ދީނުގެ ކަންކަން ހިއްސާ ކުރުން އެއީ ދެއްކުންތެރިކަމެއް ނޫން ކަމަށާއި އިސްލާމްދީނަށް ލޯބި ނުކުރާ ބަޔަކަށް އެކަން ސިފަވާނީ ދެއްކުންތެރިކަން ފަދައިން ކަމަށެވެ.

މީގެއިތުރުން އިޝާން ބުނެފައިވަނީ ދީނުގެ މަޢުލޫމާތު ނުވަތަ އިސްލާމްދީނުގެ ކަމެއް އެނގިފައި އޮތް މިންވަރަކުން ތިބާގެ އަޚުންނާއި އުޚްތުންނާއި ޙިއްސާ ކުރަންވީ ކަމަށާއި ސޯޝަލް މީޑިއާ އަދި އެހެންވެސް ވަސީލަތްތައް ވެސް ބޭނުން ކުރަންވީ ކަމަށެވެ.

"ސިއްރިއްޔާތުގައި އަދި ފާޅުގައި ވެސް ދީނުގެ ކަންކަމުގައި ޝާމިލުވެ އުޅެންވީ. މުސްލިމުންނަށް ލިބޭނެ އެންމެ ބޮޑު ފަޚުރަކާއި ޝަރަފަކީ އިސްލާމްދީން. އަޚުންނާއި އުޚްތުންނޭވެ. ދުނިޔޭގެ ލަދަށް ނުބަލާ ދީނުގެ މަތީގަ ފުރިހަމައަށް ސާބިތުވެ ހުރުމަށްޓަކައި ފާޅުގައި އަދި ސިއްރިއްޔާތުގައި ވެސް ތިބާއަށްވީ ވަރަކުން މަސައްކަތް ކުރޭ. އަހަރެމެންނަށް އިސްލާމްދީނުގެމަތީ ސާބިތުވެ ތިބުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި. ﺁﻣِﻴْﻦُ ﻳَﺎ ﺭَﺏَّ ﺍﻟْﻌَﺎﻟَﻤِﻴْﻦ " އިޝާން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!