ޚަބަރު

ދެއްވަދޫ ކްލަސްޓާ: ފައްސިވީ މީހުންގެ އަދަދު 22 އަށް އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ދެއްވަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ އުފެދުނު ކްލަސްޓާއިން ފައްސިވީ މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ކޮންޓެކްޓް ޓްރޭސިންގ ކްލަސްޓަރ އިބްރާހިމް ނިޒާމް ވިދާޅުވީ ދެއްވަދޫ ކްލަސްޓާއިން ފައްސިވި މީހުންގެ ތެރެއިން 18 މީހަކު ފައްސިވެފައިވާ ކަމަށެވެ. އޭގެ އިތުރުން ދެއްވަދުއާއި ގުޅިފައިވާ ދެމީހަކު ހުޅުމާލެ އިން އަދި ލ.ފޮނަދޫން ހަތަރު މީހަކު ފައްސި ވެފައިވާ ކަމަށެވެ.

އެޗްއީއޯސީން ބުނެފައި ވަނީ ދެއްވަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށުން ޑައިރެކްޓް ކޮންޓެކްޓްވި 149 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ފޮނަދޫން 56 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިހާތަނަށް ފޮނަދޫން ޓެސްޓް ކުރި މީހުންގެ ތެރެއިން 14 މީހެއްގެ ނަތީޖާ ލިބިފައި ވާއިރު އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވާކަން ވެސް އެސެންޓަރުން ފާހަގަ ކޮށްފައިވެއެވެ.

ފޮނަދޫ ކްލަސްޓާ އިން 59 މީހުން ކޮންޓެކްޓް ޓްރޭސިންގައި ހިމެނޭއިރު، އޭގެ ތެރޭގައި ހައިރިސްކު 10 މީހުން ވެސް ހިމެނޭ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!