ދީން

އުފަންދުވަސް ފާހަގަ ކުރުމުގެ ޙުކުމް ، މި ޙަދީޘާ މެދު ވިސްނާލައްވާ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިސްލާމްދީން އެދީނުގެ އަހުލުވެރީންނަށް އަންގަނީ ނަސާރާއިންނާއި ޔަހޫދީންނާ ތަފާތު ވުމަށެވެ. އެއީ ހެދުން އަޅާ ގޮތް ނަމަވެސް ނުވަތަ އެމީހުންގެ އާދަކާދަތައް ނަމަވެސް މެއެވެ.

Ads by MWSC

ކަން އޮތީ މިހެން ކަމުގައި ވީ ނަމަވެސް މިއަދު ހިތާމައާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ދުވަހަށް ވުރެ ދުވަހެއް ، މުސްލިމުން ، އެމީހުންނާ ގާތް ވަމުންދާ ކަމެވެ. އެމީހުންގެ ވައްޓަފާޅީގެ ތެރެއަށް ވަދެގަންނަ ކަމެވެ. އެންމެ މާތް އިންސާނާކަމުގައި ވާ ނަބިއްޔާ ﷺގެ ބަސްފުޅުގެ ތެދުކަމާއެވެ!

ރަސޫލާ  ޙަދީޘް ކުރައްވާފައިވެއެވެ. "‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏" قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏"‏ فَمَنْ ‏"‏‏. البُخَاري ބުޚާރީގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. އެއީ ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވަމުންގޮސް، އެބައިމީހުން ޟައްބެއް އޮންނަ ހަރަކަށް ވަންކަމުގައި ވީނަމަވެސް، ތިޔަބައިމީހުން އެ މީހުންނަށް ތަބަޢަވުމަށް އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާއެވެ. ތިޔަ ވިދާޅުވަނީ، މުސްލިމުން ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ ވާހަކަތޯ އެވެ؟ ޙަދީޘް ކުރެއްވިއެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟

މިއަދު ކުދީންގެ އުފަންދުވަސް ފާހަގަ ކުރުމާއި ކްރިސްމަސްއާއި އެމީހުންގެ އީދުތައް ފާހަގަ ކުރުން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ އާންމުވެފައެވެ.

ވިސްނާލައްވާށެވެ. ކައިވެނީގެ ވަލީމާ ފަދަ ޙަފްލާތައް ބާއްވަން ވާގޮތް ނަބިއްޔާ ﷺ ވަނީ ދަސްކޮށް ދެއްވާ އެކަމުގެ އިރުޝާދު ދެެއްވާފައެވެ. ނަމަވެސް އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރަންވާ ކަންތައްތައް ބުނެ ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އޭގެ ޖަވާބު ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ. އެއީ ޢާއިލާއަށާއި ދަރިންނަށް ރަނގަޅު ފައިދާހުރި ހެޔޮ ރަނގަޅު ކަމެއް ކަމުގައިވާނަމަ އެންމެ ފަހަރަކުވިޔަސް އުއްމަތަށް އެކަން ކުރަންވާގޮތް ކިޔައި ދެއްވާނެތެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެދުވަސް ފާހަގަކުރުމަށް ބާރު އެޅުއްވީހެވެ. ކީރިތި ރަސޫލާ () އާއި ސަލަފުއްޞާލިޙުންގެ ދުވަސްވަރު މި މުނާސަބާ އެއްގޮތަކަށް ވެސް ފާހަގަކޮށްފައި ނުވެއެވެ. ޤަބޫލުކުރަން ދަތިވިޔަސް އެއީ ޙަޤީޤަތެވެ.

މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައިވާ ހިނގާ މިފަދަ ޢަމަލުތަކަށް ރައްކާތެރިވެ ހުށިޔާރުވާށެވެ. ހެވާއި ނުބައި ތުއްތު ކުދިންގެ ޅަސިކުނޑިތަކަށް ވައްދާށެވެ. އެވެނި މީހަކު ކުރާތީވެ ނުވަތަ މިވެނި މީހަކު ކުރާ ކޮންމެ ކަމެއް އެއީ ކުރަންޖެހޭ ކަންތައްތަކެއް ނޫންކަން ވިސްނައިދޭށެެވެ. މުސްލިމުން ކުރާ ކޮންމެ ކަމަކީ ﷲއާ އެއިލާހުގެ ރަސޫލާ  އެކަމެއް ކުރުމަށް އަންގަވާފައިވާ ކަންތައްކަން އެކުދިންނަށް ވިސްނައިދީ ކިޔައިދޭށެވެ. ކޮންމެ މީހަކު ކުރި ކަމުގައި ވިޔަސް ގޯސްކަމެއް ރަނގަޅެއް ނުވާނެކަން ބުނެދީ ވިސްނައިދީ އެފަދަ ކަންތަކުން އެކުދިން ރައްކާތެރިކުރާށެވެ. އަދި މިތުރަކު މިފަދަ ހަފްލާއަކަށް ދަޢްވަތު ދީފިނަމަ އެފަދަ ދަޢްވަތުތަކަށް ނޫނެކޭ ބުނަން ލަދުވެތި ނުވާށެވެ. ﷲ އާ އެއިލާހުގެ ރަސޫލާ ނަހީ ކުރައްވާފައިވާ އެއްވެސް ކަމަކަށް ނޫނެކޭ ބުނަން ފަސްނުޖެހޭށެވެ. އެފަދަ ކަންކަމަށް ނޫނެކޭ ބުނެ މަނާކުރުމަކީ ފަޚުރެއްކަމުގައި ދެކޭށެވެ.

  1. ހާލަތު

    ތި ހަދީޘަކު ނެތް ބާތުޑޭ ފާހަގަކުރުން ހަރާންކަމަކަށް.. އެހެން ހަދީޘަކުވެސް ނެތް.. ނަސޯރާއިންނާ ޔަހޫދީން އެކަނި ކުރާކަމެއް ނޫން ބާތުޑޭ ފާހަގަކުރުމަކީ..ހަދީސްގެ މާނައިގެ އިތުރަށް ބުރެކެޓު ޖަހައިގެން އެމީހަކު ހިތަށް އެރިގޮތަކަށް އިތުރު މާނަ ލިޔެ ބޭނުންކަމެއް ހަރާންކޮށްފަ ހުއްދަ ކުރަނީ.. ތިޔަށް ވުރެއް މާ ރަނގަޅު ނޫންތޯ ހޯމަ ދުވަހު ރޯދަ ހިއްޕަވަނީ އެއީ ތިމަންކަލޭގެފާނުގެ އުފަން ދުވަސްވީމައޭ އޮތް ހަދީޘްއަށް ބަލާފަ އެއީ ހުއްދަ ކަމެކޭ ބުނިނަމަ.. ބާތުޑޭ ފާހަގަކުރުން އެއީ އެއްވެސް ދީނެއްގަ ދީނީކަމެއްވެސް ނޫން..

    • ޅޮނދިކޮޅު

      އުފަން ދުވަސް ފާހަގަ ކުރުން ހަރާން ކަމަށް ކާކުތޯ ވިދާޅުވީ.

    • ފަތޯ

      ތިހެން ވިސްނާ އަމިއްލަަށް ގޮތް ނިންމައިގެން އުފަންދުވަސް ފާހަގަ ކޮށްލައިގެން ހެވިފަ ތިބޭ. ވިސްނަން ބޭނުން ނުވާ މީހަކަށް ކިތަންމެ ހެއްކަކާ ދަލީލެއް ދެއްކިޔަސް ނުވިސްނޭނެ. އެކަމަކުވެސް ތިބާއަށް ހެޔޮވިސްނުން ދެެެއްވާށި. އާމީން.

    • އަސްލު

      އެއީ ކިހިނެތް ފެށިގެންއައި ކަމެއްކަން ނޭނގެނީ ދެއްތޯ.. ގޫގުލް ކޮށްލައްވަނިކޮންވެސް އެވަރު އެނގިދާނެ.. ދެން އަލުން ވިސްނާލާ ހަމަ ރަނގަޅު ކަމެއްތޯ

    • ޙަދީ

      ވަރަށް ރަނގަޅު ވާހަކައެއް…

  2. ަޢަލީ

    އުފަންދުވަސް ފާހަގަކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ޢިލްމުވެރިންވަނީ ޤިޔާޞްކުރައްވައިފައި. އުފަންދުވަހަކީ ކޮންމެ އަހަރަކު އެއްފަހަރު ކަނޑައެޅިގެން އަންނަ ދުވަހެއް ކަމުގައިވާތީ އެ ވެގެންދަނީ ޢީދެއްފަދަ ދުވަހަކަށް. މުސްލިމުންގެ މައްޗަށް ހުއްދަވެގެންވަނީ 2 ޢީދު އެކަނިން. މި އުސޫލުން ބަލާއިރު އުފަންދުވަސް ފާހަގަކުރުން ހުއްދައެއްނުވާނެ.

    މި ލިޔުމުގަ ލިޔުންތެރިޔާ ހިމަނާފައިވާ ޙަދީޘުން އުފަންދުވަސް ފާހަގަކުރުން މަނާކަމަށް ބާރުލިބޭ ގޮތަކީ، މިހާރު ގިނަމީހުން އުފަންދުވަސް ފާހަގަކުރާއިރު އުމުރުގެ އަދަދަށް ކޭކުގަ އުއްބަތިޖެހުމާ، އެ އަށް ފުމެފަ “ވިޝް” ކުރުމާއި އަދި ކްރެކަރސް ރޯކުރުން ފަދަ ކަންތައްތަކަކީ ނަޞާރާއިން ފަދަ މީހުންގެ އާދަކާތަކުގެ ތެރެއިން އައިސްފައިވާ ކަންތައް. އެހެންކަމުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެ މީހުންނަށް އެއްގޮތަށް އުޅުން މަނާކޮށްފައިވާތީ އުފަންދުވަސް ފާހަގަކުރުންވެސް މަނާކަމަށް ޤިޔާޞްކުރެވިފައިވޭ.

    ކޮންމެ ބޭފުޅެއް ވެސް އަމިއްލައަށް މި ކަންތައް (ކޭކުގަ އުއްބައްތިޖަހާ ވިޝްކުރުން) މި ކަންތަކުގެ އަސްލު އޮތްގޮތް ދިރާސާކޮށްލުން މުހިންމު. ކޮމެންޓެއްގަ ހުރިހާ ދަލީލަކާއި ހުއްޖަތް ގެނައުން ވަރަށް ދަތި.

  3. ހަރުކަށި ފިކުރު

    ކްރިސްމަސްއާއި ހެލޮވީންއާއި އީސްޓާއާއި މިފަދަ މުނާސްބަތަކީ ކްރިސްޓިއަނުންނަށް ހާއްސަ މުނާސްބަތްތަކެއް. އެކަމަކު އުފަންދުވަސް ފާހަގަ ކުރުމަކީ ވަކި ދީނެއްގެކަމެއް ނޫން. ދީނަށް ނިސްބަތް ނުވާކަންކަންވެސް ނުކުރާކަމުގައި ވާނަމަ: ޝަރުޢީ އިލްމުގެ ބޭރުން ހުރިހާ އިލްމަކީވެސް (ފިޒިކްސް، ކެމިސްޓްރީ، ބަޔޮލޮޖީ، ހިސާބު) އުފަންދުވަސް ފަދައިން ކުރީގެ އުންމަތްތަކުން ފެށިގެން އައި ކަންކަން. ޝަރުއީ އިލްމު ނޫން ހުރިހާ އިލްމެއްވެސް ކިޔަވައިގެން ނުވާނެ. ބޭންކުތަކާއި އެހެނިހެން “އިސްލާމް ދީނުގެ އެޒަމާނާއި ނުގުޅޭ” ހުރިހާ ކަމެއްވެސް ކުރާނެ ކަމެއް ނެތް. މަށިގެތަކުގައި އުޅެންވީ. ނޭޝަނަލިޒަމްއާއި މޮނާކީއަކީވެސް އިސްލާމްދީނުގައި ވިކަމެއް ނޫން. އެކަމަކު ސައުދީއިންވެސް އެދަނީ އެކަންކަން ކުރަމުން. ސައިކަލާއި ކާރާއި ފްލައިޓް ތަކަކީ އިސްލާމްދީނުގައި ވާކަމެއް ނޫން. އިސްލާމްދީނުގައި ވަނީ ނައަމްސޫފިތަކާއި އަސްތައް ދުއްވި ވާހަކަ. އެހެންވީމާ ކާރުތައްވެސް ދުއްވުމަކީ ބިދުޢައެއް.

  4. އުފަންދުވަސް ފާހަގަކުރަނީދީނީ ކަމެއްގެ ގޮތުގައެއްނޫން. އަދި އެކަމުން ހިތުގެ އީމާން ކަމަކަށް ބަދަލެއްވެސް ނާދޭ. އަދި މުސްލިމުން ވާގިއެދެނީ الله ގެހަޟުރަތުން. އެފަޅާ ްކޭކަކުންނޫން. އެއްވެސް ހަދީޘަކުން ސާބިތުވާކަށް ނެތް އުފަންދުވަސް ފާހަގަ ކުރުމާބެހޭ އެއްޗެއް. ނަޞާރާއިންނާ ޔަހޫދީންނާ އެއްގޮތައް ދިވެހިން ކުރާ ބައިވަރު ކަންތައް އެބަހުރި. ކިޔެވެލި ނިންމާ ސަނަދު ދިނުންވެސް އެއީ އެމީހުންފެށިކަމެއް. ކައިވަތެއްހާ ކައިރިވާން މުސްލިމުންކޮޕީކުރޭ.