ދުނިޔެ

ބަލި ޖެހިފައި ހުރި އެއްވެސް މީހެއް ނެތުމާއެކު، ނިއު ޒީލެންޑު ގެ ލޮކްޑައުން މާދަމާ އުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ގައުމުން ކޮރޯނާ ވައިރަސް ނައްތާލައި، ނިއުޒީލެންޑުގެ މާދަމާ އިން ފަށައިގެން ލޮކްޑައުން އާއި ކޮރޯނާ ވައިރަހާއި ގުޅިގެން އެޅި އިތުރު ސަލާމަތީ ފިޔަވަޅުތައް އުވާލަން ނިންމައިފިއެވެ.

Ads by WAMCO

ނިއުޒީލެންޑުގައި ފާއިތުވި 17 ދުވަހުގެ ތެރޭގައި އެއްވެސް ކޭސް އެއް ފެނިފައިނުވާއިރު ބަލި ޖެހިފައިހުރި އެންމެ ފަހު މީހާ ރަނގަޅުވެފައިވާ ކަން އެ ގައުމުގެ ސިއްހަތާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދުއެވެ.

އެގައުމުގައި އެންމެ ފަހުން ބަލިން ރަނގަޅުވެފައިވަނީ 50 އަހަރުގެ އަންހެނެކެވެ. އޭނާ ބަލިން ރަނގަޅުވި ކަން އާންމުކޮށްފައިވަނީ ބަލީގެ އަލާމާތެއް ނުފެންނަތާ 48 ގަޑިއިރު ވުމުންނެވެ.

ލޮކްޑައުން އުވާލަން ނިއުޒީލެންޑުން ނިންމާފައިވާއިރު، އެގައުމުގެ ބޮޑު ވަޒީރާ ޖަސިންދާ އަރޑާން ވަނީ ވަރަށް މިހާރު ގައުމު ލެވެލް 1 އެލާޓަށް އަކަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ލެވެލް 1 ގައި ކައިވެނި ޕާޓީތަކާއި، ޖަނާޒާ ތަކާއި އޮފީސް ތައް ހުޅުވާލައި އަދި އާންމު ދަތުރުފަތުރުތައް ފަށާނެއެވެ. ނަމަވެސް ބޯޑަރު ހުޅުވައެއް ނުލާނެއެވެ.

ނިއުޒީލެންޑުގެ ބޯޑަރު ބަންދުކޮށްފައިވަނީ 19 މާޗުގައެވެ. ލޮކްޑައުން އުވާލިނަމަވެސް އަދިވެސް ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ދަނީ ކުރިއަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!