ޚަބަރު

އަހަރެންގެ ގެޔަށް ހުއްދަ ނުހޯދާ ވަން ފަރާތްތަކާއި، އަބުރުކަތިލަމުން ދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން": ޝަމްޢޫން"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ޝަމްޢޫން ވަނީ ވަރަށް ފަހުން ކައިވެނިކޮށްފަ

އެމްޑީޕީގެ ހޯރަފުށި ދާއިރާގެ ރައީސް ޝަމްޢޫން، އޭނާގެ ކުރީގެ އަނބިމީހާގެ ގެއަށް ވަދެ އެ ގޭގައި ހުރި މުދަލަށް ގެއްލުން ދިންކަމަށް ބުނެ މީސް މީޑިއާ އަދި ބައެއް މީޑިއާ ތަކުގައި ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ދެމުން ޝަމްޢޫން ވިދާޅުވީ، އޭނާއަކީ އެފަދަ ކަމެއް ކުރާނެ މީހެއްކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އޭނާ މީހެއްގެ ގެއަށް ވަން ކަމަށް ބުނާއިރުގައި އޭނާ މީހެއްގެ ގެއަކަށް ވަދެފައި ނުވާނޭ ކަމަށާއި، އެ ބުނާ ގެއަކީ އޭނާ ކުއްޔަށް ނަގައިގެން ހަދައިގެން ދިރިއުޅެމުންދާ ގެއެއްކަމަށް ވެސް ޝަމްއޫން ވިދާޅުވިއެވެ.

ޝަމްޢޫންއާއި ދެކޮޅަށް މިސް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އޭނާ ވަނީ ދޮޮގުކޮށްފަ

ކުކުޅު ފިހާރަ ހިންގަމުންދާ ޝަމްޢޫން އިތުރަށް ވިދާޅުވީ، އޭނާ އެގޭގައި ހުއްޓާ ހުއްދަ ނުހޯދާ ބަޔަކު އައިސް އެގެއަށް ވަނީ ކަމަށާއި ، ޒުވާބުކޮށް ކަންކަން ކުރަން ޖެހުމުން މަސްލަހަތަށް ވިސްނާފައި އޭނާ އެވަގުތު އެތަނުން ދުރަށް ދިޔައީ ކަމަށެވެ. އަދި ކޮޓަރީ ތެރޭގައި ހުރި އެއްޗެހި ހާވާ އުކާލާފައި ވަނީ ހުއްދަ ނުހޯދާ އެގެއަށް ވަން ފަރާތުން ކަމަށް ވެސް ޝަމްޢޫން ވިދާޅުވިއެވެ.

"މިއީ ބަޔަކު ރާވައިގެން ހިންގާ ނާތަހުޒީބު ކަންކަން. ކުކުޅު ފިހާރައިގެ ވިޔަފާރިއަށް ގެއްލުން ދިނުމަށް ކުރާ ކަންކަން. ކުކުޅު ފިހާރައިގެން ނަން ބޭނުން ކޮށްގެން އަޅުގަނޑުގެ އަބުރުކަތިލަން ފުރުސަތެއް ނުދޭނަން" ޝަމްޢޫން

މިކަމާ ގުޅޭގޮތުން ޝަމްޢޫން އިތުރަށް ވިދާޅުވީ މި މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އެގޮތުން އޭނާގެ ގެއަށް ހުއްދަ ނުހޯދާ ވަން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާނޭ ކަމަށާއި، އޭނާގެ އަބުރު ކަތިލުމަށް މީސް މީޑިއާގައި ދޮގު ވާހަކަ ފަތުރަމުން ދާ ފަރާތްތަކާއި ދެކޮޅަށް ދައުވާކޮށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދާނޭ ކަމަށް ވެސް ޝަމްޢޫން ވިދާޅުވިއެވެ. އަދި ހަގީގަތް ނުބަލާ އެ ވާހަކަ ޝާއިއު ކޮށްފައިވާ މީޑިއާތަކާ މެދުގައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި، އެ ފަރާތްތަކާ މެދުގައި ވެސް ދައުވާ ކުރާނެ ކަމަށް ޝަމްޢޫން ވިދާޅުވިއެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް. އެމްޑިޕީ މީހެއް. އެހެންވެ ސަރުކާރާ ދެކޮޅު ނޫހަކުން އެ ޚަބަރު ފަތުރާލީ ހަގީގަތްވެސް ބަލާނުލާ. އެ ފަރާތާ މެދުވެސް ފިޔަވަޅު އެޅުމަށް ހުށަހަޅާނަން" ޝަމްޢޫން

ޝަމްޢޫން އާ ދެކޮޅަށް އެ ވާހަކަތައް ފަތުރަމުން ދަނީ އޭނާގެ ކުރީގެ އަނބިމީހާގެ އާއިލާގެ ބަޔެކެވެ.

  1. ސާމިއާ

    އެގޭގައި ދިރިއުޅެނީ ޝަމްްއޫންގެ ކުރީގެ އަނބިމީހަާ އަދި ކުޑަ އަންހެން ދަރި. ޝަމްއޫން މި ގެއިން ނުކުމެގެން ޑިސެމްބަރ މަހުތެރޭވަނީ އެހެން ގެއަކަށް ބަދަލުވެފައި. މިގޮތުން ޝަމްއޫން އެގެއަށް ގޮސް އޭނާގެ މުދާ ތަށް ނަގާ އުކާލާ ފައިން އަރާ ، އޭނާގެ ކުރީގެ އަންހެނުންގެ ކަބަޑުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ނަގަާފައި. މިކަން މިހާރުވަނީ ރިޕޯޓް ކޮއްފަައި. އެމްޑީޕީ ސިޔާސީ މީހަކަށް ވިޔަސް ކުށެއް ކޮއްފިއްޔާ ވާނީ ހަމަ ކުށަކަށް އިނގޭތޯ.

  2. މާސިތާ

    Ha horafushi Shamoon Saeed kaalhu firihenaa and kaalhu anhenaa Mashitha Adam Aharemen dhahtha aai kuda 8 aharuge dharifulhu dhiriulhey thaneh vadhe kohlaafa oii kantah miyee.. mifadha dhashu dharajah vehteykah nuvaane dho. Midhen bodu varu.. mihaa hayaakuda nubai meehaku ma nudheken..

  3. މުއިނާ

    Shamoon Saeed aai Mashitha Adam Magey dhahtha aai eynage kuda dhari dhiriulhey thanah vadhe Vagah gendhiya ehchehi
    1. 65′ Tv
    2. Oven ( bihloori reck thalhaalaafa)
    3. Wifi Router
    4. Wall shelfs with all the plants
    5. Treadmill
    6. Gina adhadehge faisaa
    Incuding dollars too..

    • އޮޅުން ފިލުވާލަދެއްވާ

      އެ ގެއަކީ ޝަމްއޫން ކުއްޔަށް ނަގާފަ ހުރި ގެއެއް.
      އެ ގޭގައި ވީހާ މުދަލެއް އެއީ ޝަމްއޫނުގެ ހަރަދުން ގަނެފައި ހުރި ތަކެތި.
      ޝަމްއޫނަށް ހައްގު ހުރި އަމިއްލަ ފައިސާއިން ގަނެފައި ހުރި މުދާ އެގެއިން ނެގުމަކީ ކުށެއް ތޯ؟

      ފާހަގައެއް ނުކުރެވޭ އަންހެނެށް ނުވަޠަ ކުޑަކުއްޖެއް ބޭނުންޖެހޭ މުދަލެއް ނަގާފައި އޮތް ވާހަކައެއް

      އެ ފައިސާ އަކީ ޝަމްއޫނުގެ އަމިއްލަ ފައިސާއެއް ނޫންތޯ؟ ގިނަ އަދަދެއްގެ ފައިސާ ޝަމްއޫން އަތުން ނޫނީ ކޮންތާކުންބާ އޭނާ ހޯދަނީ؟