ޚަބަރު

ކޮވިޑް-19: ދެއްވަދޫން އިތުރު އަށް މީހަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ދެއްވަދޫން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މިއަދަދާއެކު އެރަށުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 24 އަށް އަރާފައެވެ.

ދެއްވަދޫ ގެ އާންމު ހާލަތު ރަނގަޅު ކަމަށް އެރަށުގެ ކައުންސިލު ރައީސް އިބްރާހިމް ތައުފީގު ވަނީ އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެރަށުގެ ރައްޔިތުން ބޯލަނބާ ކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ.

މީގެއިތުރުން އެރަށުގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ތައުފީގު ވަނީ ފާހަގަ ކުރައްވާފައެވެ.

ދެއްވަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށުން ޑައިރެކްޓް ކޮންޓެކްޓުވި 149 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ފޮނަދޫން 56 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއޯސީ އިން މައުލޫމާތު ދެއެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް 50 މީހުން ފައްސިވެފައިވާއިރު، އޭގެ ތެރެއިން 20 މީހުން ފައްސި ވެފައިވަނީ ރިސޯޓަކުން ކަމަށް އެޗްއީއޯސީން ރޭގައި ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!