ދިޕިކާއަށް އެންމެ ކާ ހިތުން ކާ އެއްޗަކީ ކޯއްޗެއްކަން އެނގޭތަ؟

ދިޕިކާ ޕަޑުކޮން އަކީ ގިނަ ފިރިހެނުންގެ ހިތްތަކުގައި ރަނިކަން ކުރަމުން އަންނަ މޮޅު ބޮލީވުޑުގެ ތަރިއެކެވެ. އެގޮތުން ބައެއް މީހުންނަށް ދިޕިކާގެ "ފޭވަރިޓްސް" އަކީ ކޮބައިކަން އެނގެން ބޭނުންވާނެއެވެ. އެގޮތުން މިފަހަރު ދިޕިކާ ވަނީ އޭނާގެ ފޭވަރިޓް އަދި އެންމެ ކާ ހިތުން ކާ ކާނާއަކީ ކޮބައިކަން ބެލުންތެރިންނަށް ހާމަކޮށްދީފައެވެ.
އެގޮތުން ދިޕިކާ ޕަޑުުކޮން ގެ އިންސްޓަގުރާމް އޮފިޝަލް ޕޭޖުގަައި އެންމެ ހިތްހަމަޖެހިގެން އަދި އެން،މެ ކާހިތުން ކެވޭ ކާނާއެއްގެ ގޮތުގައި ބުނެފައިވަނީ ބަތާއި، ރަސަމް ނަމަކަށް ކިޔާ އިންޑިއާގެ ރިހައެކެވެ. ވިޑިއޯގައި ދިޕިކާގެ މި ފޭވަރިޓް ބަތާއި ރިހަ ވެސް ދައްކާލައެވެ.

އިންސްޓަގްރާމްގައި މި ވީޑިއޯ ހިއްސާކުރަމުން ދިޕިކާ ވަނީ ބެލުންތެރިންނަށް ވެސް އެމީހުންގެ އެންމެ ހިތްހަމަޖެހިލައިގެން ކާލެވޭނެ ކާނާއަކީ ކޮބައިތޯ އަހައިފައެވެ. ދިޕިކާއަކީ ހަށިގަނޑު ލޫޅާފަތިކޮށް ހުންނަ އަންހެނެއް ކަމުން ގިނަ ބަޔަކު އޭނާ އެފަދަ ކެއުމަކަށް ލޯބިކުރާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް ދިޕިކާ ވަނީ އޭނާގެ އިންސްޓަގުރާމަށް ލައިފައިވާ ވީޑިއޯއަކުން އެކަން ހާމަކޮށްްދީފައެވެ.
ދިޕިކާއަކީ ބޮލީވުޑުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ތަރިއެވެ. ހަމަގައިމު ވެސް ދިޕިކާ އުޅޭ ފިލްމެއް ބަލައިގެން އެއްވެސް މީހަކު ފޫހިވުމަކީ ވަރަށް ނާދިރު ކަމެކެވެ، އެހާމެ ހިތްގައިމު އަދި ދެރަވާ ފިލްމެއް ނަމަ ބެލުންތެރިން ވެސް ރޮއްވާލުމުގައި ދިޕިކާ އެހާ މޮޅެވެ. ދިފިކާ އަކީ ގިނަ ފިރިހެން ކުދިންގެ "ފޭވަރިޓް" އެވެ.
އަސްލުވެސް ރަސަމްއަކީ ވަރަށް މީރު އެއްޗެއް.