ވެއްޓުނު އިންޑޮނޭޝިއާ ފްލައިޓްގެ ކަޅުފޮށި ހޯދައިފި

ވެއްޓިފައިވާ އިންޑޮނޭޝިއާގެ ސްރީވިޖަޔާ އެއަރލައިންގެ ފްލައިޓްގެ ދެ ކަޅު ފޮށީގެ ތެރެއިން އެއްފޮށި، ފްލައިޓްގެ ބައިތައް ހޯދަމުންދާ އިންވެސްޓިގޭޓަރުންގެ ޓީމަކުން ހޯދައިފިއެވެ.
ފްލައިޓް ޑޭޓާ ރިކޯޑަރއަކީ، ފްލައިޓްގެ ދަަތުރު ކުރަމުން ދާއިރު، ކުރަމުންދާ ދަތުރާ ގުޅޭ ގޮތުން ރައްކާކުރަންޖެހޭ މުހިންމު އެތަކެއް މައުލޫމާތުތަކެއް ރައްކާ ކޮށްފައި ހުންނަ މުހިންމު ޑިވައިސްއެކެވެ. ފްލައިޓުގެ ކަޅުފޮއްޓާއި ފްލައިޓުގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ރިމޯޓުކޮށް އޮޕަރޭޓުކުރެވޭ ވެހިކަލެއް ޖަކާޓާގެ އުތުރުން އޮންނަ ލަންކަންގް އަދި ލާކީ އައިލެންޑް ކަނޑުގެ ސަރަހައްދަށް ފޮނުވައިގެންނެވެ. ކަޅުފޮށީގެ ސިގްނަލް ހޯދުމަށް "ޕިންގް ލޮކޭޓަރު" ވެސް ބޭނުން ކުރެއެވެ.
އިންޑޮނީޝިއާއިން ފުރިތާ މާ ގިނަ އިރުތަކެއް ނުވެ ގެއްލިފައިވާ ސްރީވިޖާޔާ އެއާގެ ފްލައިޓް "އެސްޖޭވައި 182" ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ކަނޑުގެ ސަރަހައްދަކަށް ވެއްޓިފައި ވަނިކޮށް ފެނުމުން ރެސްކިޔު ޓީމްތަކުން ވަނީ ހަރަކާތްތެރިވެފައެވެ.
ވެއްޓުނު ފްލައިޓުގެ ބައިތައް ފެންނަ ކަނޑު އަޑީގެ ވީޑިއޯއެއްވެސް އިންޑޮނޭޝިއާ އިން ވަނީ ދައްކާލާފައެވެ. 62 މީހުންނާއެކު ވެރިރަށް ޖަކާޓާއިން ފުރި ސްރިވިޖާޔާ އެއާގެ ފްލައިޓު ވެއްޓިފައިވާ ސަރަހައްދުގެ އަޑިއަށް ނޭވީގެ ޑައިވަރުން ފީނައިގެން ވަނީ ބޯޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ނަގަން ފަށައިފައެވެ.