ވިޔަފާރި ދުނިޔެ

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެލަން މަސްކަށް ހުރެވުނީ އެންމެ 4 ދުވަހު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެޒޯންގެ ފައުންޑަރ ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދި އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައުންޑަރ އެލަން މަސްކް އަނެއްކާ ވެސް އެ ލިސްޓުގެ ދެވަނައަށް ވެއްޓިއްޖެއެވެ.

Ads by WAMCO
Ads by Sosun Fihaara

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެލަން 4 ދުވަހު ހުރިއިރު، އޭނާއަށް މި މިމަގާމު ގެއްލިފައިވަނީ ޓެސްލާ ކުންފުންޏަށް ލިބުނު 14 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކަށް ފަހުގައެވެ. އެއާއެކު މަސްކުގެ މިލްކިއްޔާތު ވަނީ 176.5 އެމެރިކާ ޑޮލަރަށް ކުޑަވެފައެވެ.

އެންމެ މުައްސަނދި މީހާ ޖެފް ބެޒޮސްގެ މިލްކިއްޔާތު ހުރީ 187 ބިލިއަން ޑޮލަރެވެ.

މަސްކަށް އެމަގާމު ލިބިފައި ވަނީ އެލަން މަސްކްގެ މިލްކިއްޔާތަށް 9.3 ބިލިއަނުން އިތުރުވެ، އޭނާގެ މިލްކިއްޔާތު 190 ބިލިއަން ޑޮލަރަށް އެރުމުންނެވެ.

2017 ވަނަ އަހަރު ބިލްގޭޓްސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާ ޖެފް ބެޒޮސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ވަނީ ހޯދާފައެވެ.  ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް އެލަން މަސްކު އައީ 3 އަހަރަށްވުރެ ގިނަ ދުވަހަށް ފަހުއެވެ.

ދުނިޔޭގެ 3 ވަނަ އަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި އަދިވެސް އޮތީ މައިކްރޮސޮފްޓްގެ ކޯފައުންޑަރ ބިލްގޭޓްސްކަމަށް ބްލޫމްބާރގްއިން ވަނީ ބުނެފައެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގައި 132 ބިލިއަން ޑޮލަރު އެބަހުރިކަމަށް ބްލޫމްބާރގްއިން ހާމަކުރެއެވެ.

ބިލްގޭޓްސްއަކީ އެހީ ބޭނުން ވެފައިވާ މީހުންނަށް ނުވަތަ ޗެރިޓީއަށް ބޮޑު ޚަރަދެއް ކުރާ ފަރާތެއްކަމުން އޭނާގެ އާމްދަނީ އިތުރުވުން ދަށް ވެފައިވާ ކަމަށް ބްލޫމްބާގްއިން މަޢުލޫމާތު ދެއެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން ބިލް ގޭޓްސް ވަނީ 27 ބިލިއަން ޑޮލަރު ޗެރިޓީއަށް ދީފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!