ޑިމޮކްރަސީގެ ނަމޫނާ މި ދައްކަނީ ޕްރޮގްރެސިވް ކޯލިޝަނުން: ނިމާލް

ޑިމޮކްރަސީގެ ނަމޫނާ ދައްކަމުން ދަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ، ޕީޕީއެމް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ، ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނިމާލާ ވާދަ ކުރެއްވި ކެނޑިޑޭޓް އިބްރާހީމް ރައޫފް ، ނިމާލްއާ އެކުގައި ހުންނެވިކަން ފާހަގަ ކުރައްވަމުން ނިމާލް ވިދާޅުވީ ޤައުމަށާއި ޕީޕީއެމްއަށް އަދި ރައީސް ޔާމީނަށް ޓަކައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ﷲގެ ރަޙުމަތް ފުޅުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"ރައޫފް އެ ދައްކަވަނީ އެ ނަމޫނާ، ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެއް ޓީމެއްގެ ގޮތުގައި އޮވެ މި އިންތިޚާބު ކާމިޔާބު ކުރާނަން" ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.
ބެޭކާރު ވާހަކަ ނުދައްކާ އެންމެން ގުޅިގެން މި ޤައުމު އެއްފަސް ކުރަން ހިފާބަލަ