ދީން

ފަރުޟު ނަމާދުތަކަށް ފަހު މި އާޔަތް ކިޔަވާ މީހާއަށް ސުވަރުގެ ވަނުމަށް އޮތް ހުރަހަކީ މަރު

ދެން އެމްވީ ، ދެން އޮންލައިން

ކީރިތި ޤުރުއާނަކީ ރޫހީ ޝިފާއެކެވެ. ޖިސްމާނީ ބަލިތަކުގެ ފަރުވާއެކެވެ. ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދޭ ރޫޙީ ބާރެކެވެ. ހަމައެހެންމެ އެއީ ދިރިއުޅުން ބާއްޖަވެރިކޮށްދޭ ނޫރެކެވެ.

Ads by Sosun Fihaara

ކީރިތި ޤުރުއާންގައިވާ އެންމެ މާތް އާޔަތަކީ ބަޤަރާ ސޫރަތުގެ 255ވަނަ އާޔަތް ނުވަތަ އާޔަތުލް ކުރުސިއެވެ. ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ އިތުރުން އެއިލާހުގެ ސިފަފުޅުތައް އެ އާޔަތުގައި ހިމެނިގެން ވެއެވެ.

﴿255﴾ اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

މާނައީ: اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرةއަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ.

އާޔަތުލް ކުރުސިއަކީ އެއާޔަތެއް ކިޔެވުމުން ނުހަނު ގިނަ މަންފާ ލިބެނިވި ކަމެކެވެ. ރައްކާތެރިކަމާއި ގިނަގުނަ ޘަވާބު ހޯދެން އޮތް އާޔަތެކެވެ.

އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

(مَنْ قَرَأَ آيَةَ الْكُرْسِي دُبُرَ كُلِّ صَلاَةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الجَنَّةِ إِلاَّ أَنْ يَمُوتَ)) [صحيح الجامع الصغير / 6464]

މާނައަކީ: ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފި ކަމުގައި ވަނީ ނަމަ އޭނާ ސުވަރުގެ ވަނުމަށް މަރު ފިޔަވައި އިތުރު ހުރަހެއް ނުވެއެވެ.

މީގެ އިތުރުން ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަވައިފި މީހާއާ ފަޖުރުގެ އަލިކަން ފާޅު ވަންދެން ޝައިތާނާ ކައިރި ނުވާނެ ކަމަށާއި މާތްﷲގެ ޙަޟްރަތުން އޭނާއަށް ރައްކާތެރިކަން ލިބިގެންވާ ކަމުގައި ޙަދީޘް ބަސްފުޅުގައި އައިސްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!