ދީން

އިސްލާމްދީނުގައި އަންހެން ދަރިންނަށް ދީފައިވާ ޙައްޤުތައް އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

އަންހެން ދަރިންނަކީ މާތް ﷲ ދެއްވަވާފައިވާ ނިޢުމަތެކެވެ. އަދި އިސްލާމްދީނުގައި އަންހެންދަރީންނަށް ނުވަތަ އަންހެނުންނަށް ދީފައިވާ އިއްޒަތާއި ޤަދަރު އިންތިހާއަށް ބޮޑެވެ.

Ads by MWSC

މީގެކުރިން ގިނަ ޢަރަބި ޤައުމުތަކުގައި އަންހެންދަރިން ގެންގުޅުނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެގޮތުން ރޯމަނުން ވެރިކަންކުރި ޒަމާނުގައި ކުޑަ އަންހެންދަރިން، އުމުރުން ދުވަސްވީ މީހުންނާއި ކައިވެނި ކުރުވާފައިވެއެވެ. އަދި ޖާހިލް ޒަމާނުގައި އަރަބީން އެމީހުންގެ އަންހެން ދަރީން ދިރިހުއްޓާ ވަޅުލާފައިވެސް ވެއެވެ.

ނަމަވެސް އިސްލާމްދީންގެ ބާރު ދުނިޔޭގައި ބޮޑަށް ފެތުރުމަށްފަހު، އަންހެން ދަރީންނަށް ދީފައިވާ ޙައްޤުތައް ވެސް ހާމަވިއެވެ.

އެގޮތުން އިސްލާމްދީނުގައި، ފިރިހެނުންނާއި އެއްވަރަށް އިއްޒަތާއި ޤަދަރު އަންހެނުންނަށް ވެސް ދިނުމަށް ގޮވާލާ ތަފާތު ކުރުންތައް ނުގެންގުޅުއްވުމަށް ގޮވާލެއްވިއެވެ.

ފިރިހެނުންނެކޭ އެއްފަދައިން ތައުލީމް ހާސިލް ކުރުމުގައާއި ވަޒީފާއަށް ދިޔުމުގެ ޙައްޤުވެސް އިސްލާމްދީނުގައި އަންހެނުންނަށް ދެއްވިއެވެ.

މީގެއިތުރުން އެކަނބަލުން ބޭނުންވާ ނުވަތަ ހިތް އެދޭ ފިރިހެނަކާއި ކައިވެނި ކުރުމުގެ ޙައްޤުވެސް އަންހެނުންނަށް ދީފައިވެއެވެ.

މައިންބަފައިންގެ މުދަލަށް ބެލިކަމުގައިވިޔަސް، އަންހެންދަރީންނަށް ބައްޕަގެ މުދަލުން ބައެއް ލިބުމަށް ވެސް ޙައްޤުއޮވެއެވެ. ނަމަވެސް އެއީ އޭނާގެ ބޭބެއަށް ލިބެންވާ ބައިގެ ދެބައި ކުޅަ އެއްބައެވެ.

ކައިވެންޏެއް ކޮށްގެން އުޅޭއިރު ފިރިމީހާ އާއިމެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ އެކައިވެންޏާމެދު އުފާ ނުވާނަމަ، ޚުލާ ވަރިއަކުން ވަރިވުމުގެ ޙައްޤުވެސް އަންހެނުންނަށް ލިބިގެންވެއެވެ.

އަންހެންމީހާއަށް ޖިންސީގޯނާއެއް ކުރާމީހަކާއި ދެކޮޅަށް ދައުވާ ކުރުމުގެ ޙައްޤުވެސް އިސްލާމްދީނުން ލިއްބައިދީފައިވެއެވެ.

މީގެއިތުރުން ފިރިހެނަކާއެކު ވެސް ނުވަތަ ފިރހެނަކާ ނުލާ ވެސް، އުޅުމުގެ ޙައްޤު އިސްލާމްދީނުގައި އަންހެންމީހާއަށް ދީފައިވެއެވެ.

ދުނިޔޭގެ އެކިކަންކަމާއިމެދު އަމިއްލައަށް ދެކޭ ގޮތް ފާޅު ކުރުމުގެ މިނިވަންކަން ވެސް އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވެއެވެ.

އަންހެނުންނާއިނުލާ ފިރިހެނުންނަކީ އެއްވެސް ބައެއް ނޫންކަމަށް ބުނުމުގެ ޙައްޤުވެސް އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވެއެވެ.

އަމިއްލަ ދިރިއުޅުމުގެ ނިންމުންތަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ވެސް އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވެއެވެ.

އިސްލާމްދީނުގައި އަންހެނުންނަށް މިފަދަ ޙައްޤުތަކެއް ދީފައިވީ ނަމަވެސް، އަންހެނުންގެ މައްޗަށް ވެސް ޒިންމާތަކެއް ވެއެވެ.

އޭގެތެރޭގައި ހިމެނޭ އެއްކަމަކީ، އަމިއްލަ ރައްކަލަކަށްޓަކައި ވެސް ހިލޭ ފިރިހެނުންގެ ތެރެއަށް ނިކުންނައިރު ތިމާގެ އައުރަ ނިވާކުރުމަށެވެ.

އޭގެއިތުރުން އަމިއްލަ ހިފަހައްޓާ، ނޭދެވޭ ޢަމަލުތަކުން ދުރުވެ ހުންނަން ވާނެއެވެ.

މީގެއިތުރުން ތިމާމީހާގެ އާއިލާ ރަނގަޅަށް ބެލުމާއި ހިލޭ ފިރިހެނުންނާއެކު އުޅޭއިރު، ވަކި ގޮތަށް އުޅެން ވެސް ސަމާލުކަން ދޭންވާނެއެވެ.

އެންމެ ބޮޑުކަމަކަށް ތިމާމީހާގެ އީމާންތެރިކަން ވަރުގަދަ ކުރުމަށާއި ފިރިމީހާއަށް ވަފާތެރި ވުމަކީވެސް އަންހެންމީހާގެ ޒިންމާއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!