Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގާނޫނާ ހިލާފަށް ޕެސްޓިސައިޑް ބޭނުންކުރާ ނަމަ ރިޕޯޓްކުރަން އެދިއްޖެ

ގާނޫނާ ހިލާފަށް ޕެސްޓިސައިޑް ބޭނުންކުރާ ނަމަ ރިޕޯޓްކުރަން އެދިއްޖެ
ގާނޫނާ ހިލާފަށް ދަނޑުވެރިކަމުގައި ޕެސްޓިސައިޑް ބޭނުންކުރާ ނަމަ ރިޕޯޓްކުރަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު އެދިއްޖެއެވެ. ފަހަކަށް އައިސް ރާއްޖޭގައި އެކި ވައްތަރުގެ ކެންސަރުތައް އިތުރުވެފައިވާ އިރު ރާއްޖޭގައި ބޭނުންކުރާ ޕެސްޓިސައިޑްއާ އެކަމާ ގުޅުމެއް އޮތް ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ދެކެއެވެ. އަދި ބ. ގޮއިދޫގައި ނުވަ މީހަކަށް ފަސް އަހަރުގެ ތެރޭގައި ކެންސަރު ޖެހިގެން ގޮއިދޫގެ ދަނޑުތަކުގައި ބޭސް ބޭނުންކުރާ ގޮތް ބަލަން އެ ރަށުގެ މީހަކު ނިމިގެން ދިޔަ ހަފްތާގައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއަށާއި އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއަށް ސިޓީއެއް ފޮނުވައިފައެވެ. އެ މައްސަލަ ހިލިފައިވަނިކޮށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނާ ހިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއް ކަމަށާއި އެފަދަ ކުށްތަކަށް ގާނޫނުގައި އަދަބު ވެސް ކަނޑައަޅައިފައިވާ ކަމަށެވެ، އެހެންވެ އެ ގާނޫނާ ހިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުން ވެސް އެ ގާނޫނުގެ ދަށުން ލާޒިމުކުރާކަމަށް މިނިސްޓްރީން ބުންޏެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރާއްޖެއަށް އެތެެރެކުރާ ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހާއްސަ ހުއްދައެއްގެ ދަށުން ޑިފެންސް މިނިސްޓްރީން ކަމަށެވެ. އަދި ޑިފެންސްއިން ހުއްދަ ދޭއިރު އެގްރިކަލްޗާ މިނިސްޓްރީގެ އިއުތިރާޒެއްނެތްކަން ކަށަވަރުކުރަމުން ގެންދާކަމަށް ވެސް ބުންޏެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީއެއް ހެދުމަށް ފަހު އެގްރިކަލްޗާ މިނިސްޓްރީން ވާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ވެސް ކޮށްފައެވެ.

"މިރަޖިސްޓަރީ އެކުލަވައިލުމުގައި WHO ޓޮކްސިޓީ ކިލާހުގައި ހިމެނޭ Ia އަދި Ib ގެ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވާނެއެވެ. މީގެ އިތުރުން، WHO ޓޮކްސިޓީ ކިލާސް II ގައި ހިމެނޭ ގިނަ ޢަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް III ގައި ހިމެނޭ ޕެސްޓިސައިޑުތައް ވެސް ހިމެނިފައި ނުވެއެވެ. އަދި މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ." މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް