ކުއްލި އޮޕަރޭޝަނެއްކުރަން މެންބަރު މައުރޫފް އައިޖީއެމްއެޗަށް ގެންގޮސްފި

ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްވެ ހިންގި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ގެންދިޔަ, ޔުނިއަންތަކުގެ ކޮންގްރެސްގެ ރައީސް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މައުރޫފް އައިޖީއެމްއެޗަށް މިރޭ ގެންގޮސްފިއެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މައުރޫފްވީ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ މަންޒަރުގެ ފޮޓޯތަކެއް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސައިން ހަސަން ފޭސްބުކްގައި ހިއްސާކުރެއްވި އެވެ. ހުސައިން ވިދާޅުވި ގޮތުގައި މައުރޫފް ހޮސްޕިޓަލަށް ގެނައީ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ. އޮޕަރޭޝަން ކުރަން ވެގެން އެމަޖެންސީ ރޫމުން ނެރެގެން އޮޕަރޭޝަން ތިއޭޓަރަށް ގެންދަނީ ކަމަށް ޕޯސްޓްގައި ލިއުއްވައިފައިވެއެވެ.





ކޮމެންޓް