ޚަބަރު

އިސްދޫގައި ކަރަންޓީނުގައި ހުރި ޓީޗަރެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ލ. އިސްދޫ

ލ. އިސްދޫގައި ކަރަންޓީނުގައި ހުރި ޓީޗަރެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައި ވަނީ އިންޑިއާއިން އައި ފިރިހެނެކެވެ. އޭނާ ފައްސިވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ނިންމުމަށް ފަހު ނެގި ސާމްޕަލްއިންނެވެ.

ފައްސިވި ޓީޗަރާއެކު އެއް ކޮޓަރީގައި އިތުރު 2 ޓީޗަރުން ވެސް ތިބިއިރު، އެ މީހުންގެ ނަތީޖާ ވަނީ ނައްސި ވެފައެވެ. ނަމަވެސް ފައްސިވި މީހާއާ ކޮންޓެކްޓު ވެފައިވުމުން މި ދެމީހުން ވެސް ވަނީ އައިސޮލޭޝަނަށް ލާފައެވެ.

މިއީ އިސްދޫން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އެޗްޕީއޭގެ އުސޫލުތައް އޮންނަ ގޮތުން ބޭރުން އަންނަ ޓީޗަރުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ. އަދި މާލެއިން ރަށްރަށަށް ދާ ނަމަވެސް ކަރަންޓީނު ވާން ޖެހެއެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ސުކޫލުތަކުގައި ފެށިފައިވާއިރު، ދަރިވަރުން ސުކޫލަށް ގޮސް ރައްކާތެރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އަމީނިއްޔާ ސުކޫލުގެ ޓީޗަރެއް ވެސް ވަނީ ސުކޫލު ހުޅުވުނު ފަހުން ކޮވިޑަށް ފައްސިވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!