Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތެލެސީމިއާ ހުންނަ އެއްވެސް މީހަކު ނެތީ ހަމައެކަނި ވ. އަތޮޅުގައި

ތެލެސީމިއާ ހުންނަ އެއްވެސް މީހަކު ނެތީ ހަމައެކަނި ވ. އަތޮޅުގައި
ރާއްޖޭގައި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ އެއްވެސް މީހަކު ނެތީ ހަމައެކަނި ވ. އަތޮޅުގައި ކަމަށް މޯލްޑިވްސް މޯލްޑިވްސް ބްލަޑް ސާވިސަސް، (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި މުޅި ރާއްޖެއިން ޖުމްލަ 650މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އަތޮޅުތަކަށް ބަލާލާއިރު ތެލެސީމިއާ ބަލި އެންމެ ގިނައިން ތަހަައްމަލުކުރަމުން ދަނީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13ރަށަކުން 53ހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4މީހުންނެވެ. އަދި 18މީހުންނާއެކު ތެލެސީމިއާ މީހުން ދެވަނައަށް އެންމެ ގިނައީ، ފ. އަތޮޅުގައެެވެ. 43މީހުންނާ އެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ، ލ. އަތޮޅެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3މީހުންނެވެ. ތެލެސީމިއާގެ ދަފުތަރުގައި އެންމެ ގިނައީ 11އަހަރާއި 20އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21އަހަރާއި 30އަހަރާ ދެމެދުގެ މީހުންނެވެ. ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023ވަނަ އަހަރު 11މީހުން، 2024ވަނަ އަހަރު 18މީހުން އަދި 2025ވަނަ އަހަރުގެ މިހާތަނަށް 11މީހުންނާއެކު ޖުމްލަ 40ކުދިން އަލަށް ދަފްތަރުގައި ހިމެނިފައިވެއެވެ. ތެލަސީމިއާއަކީ މުޅި ޢުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. މި ބަލި ތަޙައްމަލު ކުރާ މީހުންގެ ޢަދަދު، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ގިނައެވެ. އެހެންކަމުން ރާއްޖެއިން ތެލަސީމިއާ ބައްޔަށް ޙައްލު ގެނައުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް