ދުނިޔެ

ކެޕިޓަލް އިމާރާތުން ދުންއަރާތީ،އިމާރާތް ލޮކްޑައުންކޮށް ބައިޑަންގެ ހުވާ ކުރުމުގެ ރިހާސަލް ކެންސަލްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ގިނަ އަދަދެއްގެ ނޭޝަނަލް ގާޑުން، އިމާރާތް ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ

އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޖޯ ބައިޑަން ހުވާ ކުރުމަށް ބާއްވާ ރަސްމިއްުޔާތުގެ ރިހާސަލް ކެންސަލް ކޮށްފިއެވެ.

Ads by Sosun Fihaara

ރިހާސަލް ކެންސަލްކޮށް، ކެޕިޓަލް އިމާރާތް މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ. މިހާރު ކެޕިޓަލްގައި ހުރި އެއްވެސް މީހަކަށް ބޭރަށް އަދި ބޭރުން އެއްވެސް މީހަކަށް އިމާރާތުގެ ތެރެއަށް ނުވަދެވޭނެ ކަމަށް ފުލުހުން ދަނީ އަންގަމުންނެވެ.

ފުލުހުން ބުނެފައި ވަނީ މިގޮތަށް އަމަލު ކޮށްފައި ވަނީ ކެޕިޓަލް އިމާރާތް ފަހަތުން ދުން އަރާތީ، އެކަން ތަޙްޤީޤް ކުރުމަށް ކަމަށެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ދުން އަރަމުން އަންނަނީ ކެޕިޓަލްގެ އިމާރާތާ ދެތިން ބްލޮކް ދުރުން ކަމަށެވެ.

ކެޕިޓަލް ހުންނަ ސަރަހަައްދުގައި މިހާރު ގިނަ އަދަދެއްގެ ފުލުހުންނާއި ނޭޝަނަލް ގާޑުން ހަރަކާތްތެރިވަމުން އަންނައިރު، މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގެ ތެރެއަށް ޓްރަންޕްގެ ސަޕޯޓަރުން ވަދެވަނީ ހަމަ ނުޖެހުން އުފައްދާފައެވެ. އޭގެ ފަހުން ނޭޝަނަލް ގާޑްގެ ގިނަ ފުލުހުން އެސަރަހައްދުގައި ޑިއުޓީ މަރަމުންދެއެވެ.

މިއަންނަ ބުދަ ދުވަހު އެމެރިކާގެ ރައީސް ކަމަށް ބައިޑަން ހުވާ ކުރައްވާއިރު، ހުވާ ކުރައްވާ ރަސްމިއްޔާތުގައި ސަލާމަތީ ކަންކަން ބަލަހައްޓަން 25،000 ނޭޝަނަލް ގާޑުން ވޮޝިންޓަންގައި ހަރަކާތްތެރިވާނެކަމަށް މީޑިޔާތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!