ދުނިޔެ

ރިޝްވަތުގެ މައްސަލައަކާއި ގުޅިގެން ސެމްސަންގްގެ ވެރިޔާ ޖަލަށް ލާން ހުކުމް ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސެމްސަންގްގައި އިސްކޮށް ހުންނަވާ ލީ ޖޭ ޔޮންގް ރިޝްވަތުގެ މައްސަލައަކާ ހެދި ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by WAMCO

ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި، ލީގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު)ގެ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.

2014 ވަނަ އަހަރުން ފެށިގެން ސެމްސަންގެ އެންމެ އިސް މަގާމުގައި ހުންނަވަނީ ލީ ޖޭ ޔޮންގް އެވެ. ބޭރުގެ ތަޖުރިބާކާރުން ބުނާގޮތުގައި އޭނާ ޖަލަށް ލުމުން ސެމްސަންގް އެކިކަންތައްތަކަށް ބުރޫ އަރާނެއެވެ. އަދި ކުރިޔަށް ކުރަން ރޭވިފައި ހުރި ކަންތައްތައް ކުރަން ދަތިތަކެއް ވާނެއެވެ.

ކޯޓުން ބުނި ގޮތުގައި ސަރުކާރުގެ އިސް މަގާމުގައި އުޅުއްވާ ބޭފުޅުންގެ ފަރާތުން ފައިދާ ނަންގަވާ، ސެމްސަންގް ގެ ގިނަ ކަންތައްތައް އޭނާ ކޮށްފައިވާކަމަށެވެ. ލީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!