ޚަބަރު

ޅ.އަތޮޅުގައި އެމްއެންޑީއެފްގެ ޚާއްޞަ ތަމްރީންތަކެއް، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޅ.އަތޮޅުގައި އެމްއެންޑީއެފްގެ ޚާއްޞަ ތަމްރީންތަކެއް ކުރިއަށްދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Ads by MWSC

2021 ޖަނަވަރީ 24 އިން 27 ޖަނަވަރީ 2021 އަށް ކޮންމެ ދުވަހަކު 17:00 އިން 18:00 އަށް ޅ.މާފިލާފުށި، ޅ.މާކޯ، ޅ.މެދުފުށި އަދި ޅ.މީދާހުރާގައި ޚާއްޞަ ތަމްރީނުތަކެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާނީ މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ ކަމަށެވެ. އަދި ތަމްރީނުގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ300 މީޓަރ ކަމަށާއި، ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ އުސްމިނަކީ 300 މީޓަރ ކަމަށެވެ.

އެހެންކަމުން އެސަރަޙައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއްދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި އަސްކަރިއްޔާއިން އަންނަނީ ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަފާތު އެކި ތަމްރީނުތައް  ކުރިޔަށް ގެންދަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!