ޚަބަރު

އެމްޑަބްލިޔުއެސްސީގެ އާ ލޯގޯ އިފްތިތާޙުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ އާ ލޯގޯ އިފްތިތާޙް ކޮށްފިއެވެ.

Ads by STELCO

އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ އާ ލޯގޯ އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ރަސްމިއްޔާތުގައި ޝާހު ވަނީ ކުންފުނި ވުޖޫދުވެގެން މިއަދާ ހަމައަށް އައިއިރު އެކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާފައެވެ. ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމުގައިވިޔަސް، މިއަދު އެ ކުންފުންޏަކީ އިންޖިނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިންގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު، ކުންފުނީގެ ޚިދުމަތްތައް ފުޅާވެ، އިތުރު ދާއިރާ ތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފައިތިލަ ސާބިތުކޮށް ކުރިއަރައިގެން ގޮސްފައިވާ މިންވަރު ރަމްޒުކޮށްދިނުމުގެ ގޮތުން، އައު ލޯގޯގައި ވަނީ ކުރީގެ ލޯގޯގައިވާ ކުލަތަކާއި ޓައިޕޯގްރަފީ ޒަމާނީ ކުރެވިފައެވެ.

ކުރިން ހަމައެކަނި މާލޭގައި ހިދުމަތް ދެމުންދިޔަ ނަމަވެސް، ފަހުން އެމްޑަބްލިއުއެސްސީ އިން ވަނީ ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، މާފުށި، ދުވާފަރު އަދި ކުޅުދުއްފުށްޓަށް ހިދުމަތް ފުޅާ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!