ދޫނި ރޯގާ އުޅޭ ޤައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން މަނާ ކޮށްފި

ދޫނި ރޯގާ އުޅޭ ޤައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނެފައިވަނީ ދޫނި ރޯގާ އުޅޭ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން މަނާކޮށްފައި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެމިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ގެންނަ ދޫނިތަކުގެ ސަބަބުން ރާއްޖެއަށް އެބަލި އެތެރެވިޔަ ނުދިނުމަށްޓަކައި ދޫނި ރޯގާ ފެތުރޭ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން މަނާކޮށްފައިވާއިރު މީގެ ކުރިން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.
އަވައްޓެރި އިންޑިއާ އާއި އިނގިރޭސިވިލާތުގައި ވެސް މި ދުވަސްވަރު ހަލުވި ކަމާއެކު ދޫނި ރޯގާ ފެތުރެމުން އެބަދެއެެވެ. މިކަމުގެ ސަބަބުން އެޤައުމުތަކުން ވަނީ ދޫނިތައް މަރަން ވެސް ފަށާފައެވެ.