ލައިފްސްޓައިލް

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ގައި ގިނަ ބަޔަކު ދަނބު ކުލައިގެ ހެދުން ލައިގެން ތިބީ މިހެންވެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ބާއްވާފައިވާއިރު، ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކެއް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި އަންހެން ކަނބަލުން ހެދުން އަޅާފައި ތިބި ގޮތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައިރު، ގިނަ ބަޔަކު ވަނީ ގިނަ ކަނބަލުންނެއް ދަނބު ކުލައިގެ ހެދުން ލައިގެން ތިބި ކަން ފާހަގަކޮށްފައެވެ.

Ads by STELCO

އެގޮތުން އައު ނައިބު ރައީސް ކަމަލާ ހެރިސް، މިޝެލް އޮބާމާ، ހިލަރީ ކްލިންޓަން، ސެނެޓަރު އެލިޒަބެތު ވެރެން ވެސް މި ރަސްމިއްޔާތުގައި ފާހަގަ ވެގެން ދިޔައީ ދަނބު ކުލައިގެ ހެދުމެއްގައެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ ހުރިހާ ކަނބަލުން ދަނބު ކުލަ ލުމުގެ ފަހަތުގައި ވާ ސިއްރަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

ދަނބު ކުލައަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ތާރީހާ ގުޅިފައިވާ ކުލައެކެވެ. އެގޮތުން އަންހެނުންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަށް 90ގެ އަހަރުތަކުގައި ކުރިއަށް ގެންދެވުނު ސަފްރެގޭޓް މޫވްމެންޓުގެ ކުލައަކީ ވެސް ދަނބުކުލައެވެ. މިއީ މި ރަސްމިއްޔާތުގައި އަންހެން ކަނބަލުން ދަނބުކުލަ ލި އެއް ސަބަބެވެ.

ނައިބު ރައީސް ކަމަލާއަށް ބަލާނަމަ އެކަމަނާ ވަނީ ކެމްޕެއިން ދުވަސްވަރު ވެސް ގިނަ އަދަދަކަށް ދަނބުކުލައިގެ ހެދުން ތުރުކުރައްވާފައެވެ. އެއީ އެކަމަނާގެ ސިޔާސީ ހަޔާތްފުޅުގައި ބޮޑު ހިއްސާއެއް ކަމަށްވާ ޝާލޭ ޗިޝޮލްމްގެ ހަނދާނުގައެވެ.

 

Ads by Allied Insurance
  1. ނޫން

    އިބްތިހާބުގައި އެމެރިކާ އޮތީ ރަތާއި ނުލުން ވަކި ވަކި ވެފައި. ހުވާ ކުރުމުގެ ރަސްމިެްޔާތުގައި ދަނބު ކުލަ ލީ ނުލާ ރަތް އެއްކޮށްލީމާ އަންނަނީ ދަނބު ވީމާ.