ޚަބަރު

ކޮޅުފުށި ކްލަސްޓާގައި ފައްސިވި މީހުންގެ ޖުމުލަ އަދަދު 25 އަށް އަރައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މ. ކޮޅުފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ޖުމްލަ 25 އަށް އަރައިފިއެވެ.

Ads by STELCO

މިއަދު ކޮޅުފުށިން 16 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ ކުރިން އެރަށުން ވަނީ 9 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއާއެކު އެރަށުން ފައްސިވި މީހުންގެ ޖުމުލަ އަދަދު 25 އަށް ވަނީ އަރާފައެވެ.

މީގެ އިތުރުން އުމުރުން 4 އަހަރުން ދަށް 3 ކުޑަކުއްޖަކު ފައްސިވެފައިވާއިރު، ހައިރިސްކުގެ 9 މީހަކު ވެސް ވަނީ ފައްސިވެފައެވެ.

އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި މާލެ އަނބުރާ އައި މީހަކު ކޮވިޑް 19 އަށް ފައްސިވުމާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މަހުގެ 24 ވަނަ ދުވަހުގައެވެ.

އަދި ޖެނުއަރީ ފަހެއްގެ ފަހުން މ. ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކުރި މީހުން ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ވެސް އިއުލާނު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!