ޚަބަރު

ދެއްވަދޫގެ މޮނީޓަރިންގ ހާލަތު އުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން މޮނީޓަރިންގ ހާލަތަށް ގެނަި ގއ.ދެއްވަދޫގެ މޮނީޓަރިންގ ހާލަތު އުވާލައިފި އެވެ.

Ads by Sosun Fihaara

ގއ ދެއްވަދޫ މޮނީޓަރިންގ ގެ ހާލަތަށް ގެނެވުނީ 07 ޖަނަވަރީ ގައެވެ. ގާތްގަނޑަކަށް 1380 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫން ކޮވިޑްގެ ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ އެރަށުގައި ހޯމް ކަރަންޓީގައި ހުރި މީހެކެވެ.

ދެއްވަދޫ ކްލާސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު 80 އިން މައްޗަށް ވަނީ އަރާފައެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،841 މީހުން ފައްސި ވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،139 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 52 އެވެ. ހޮސްޕިޓަލު ތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 163 މީހުންނެވެ.

ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ. ބަލި ޖެހޭ މީހުން އިތުރުވުމާ ގުޅިގެން މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. ކޮވިޑް-19 ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!