ޚަބަރު

މިނިސްޓަރ މާރިޔާ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ފުރާވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

Ads by Hajj Corporation

މި ދަތުރުފުޅަކީ އިންޑިޔާގެ ބެންގަލޫރުގައި މިމަހުގެ 3 އިން 7 އަށް ކުރިއަށްދާ "އޭރޯ އިންޑިޔާ 2021 ޑިފެންސް އެއަރޝޯވ އެންޑް ޑިފެންްސް އެގްޒިބިޝަން" އާއި މިމަހުގެ 4 ވަނަ ދުވަހު ބާއްވާ "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވައިފައި ވަނީ އިންޑިޔާ ސަރުކާރުންނެވެ.

މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަކީ ޗީފް އޮފް ޑީފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!