ޚަބަރު

މޭޖަރ ޝަމާލް، އިންޑިއާއަށް ވަޑައިގެންފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފް އިން ވިދާޅުވީ މިދަތުރުފުޅަކީ، އިންޑިއާގެ އެއަރ ޗީފް މާޝަލް، ރަކޭޝް ކުމާރު ސިންގް ބަދައުރިއާގެ ދައުވަތަކަށް އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ "އޭރޯ އިންޑިއާ 2021 – އިންޑިއަން އޯޝަން ރީޖަން މެރިޓައިމް ސެމިނަރ" ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވައިފައި ވަނީ އިންޑިޔާ ސަރުކާރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!