ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މާޗް 5އާ ހަމައަށް އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި އިއުލާނު ކޮށްފަައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މާޗް މަހުގެ 5އާ ހަމައަށް އިތުރު ކޮށްފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން އިއުލާނު ކުރައްވަމުން ވިދާޅުވެފައި ވަނީ 12 މާރިޗު 2020އިން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 5 މާރިޗު 2021 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާން ކުރައްވާ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތުން މިކަމާ ގުޅޭގޮތުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު، ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް، އަށް ލިބިދޭ ބާރުގެ ދަށުން 12 މާރިޗު 2020 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ދިވެހި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އިއުލާނު ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 3 ފެބްރުއަރީ 2021 އާއި ހަމައަށް ދެމެހެއްޓުމަށް ނިންމާފައިވީ ހިނދު، ރާއްޖޭގައި މިބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ހިނދު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 5 މާރިޗު 2021 ވަނަ ދުވަހާ ހަމައަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!