ލައިފްސްޓައިލް

ކީރިތި ނަބިއްޔާގެ ނަންފުޅުތަކުން ނަން ދެވޭ ކުދީންނަށް ފައިސާގެ އިނާމެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިސްރު: މިސްރުގައި މަސައްކަތް ކުރާ އެހީދޭ ޖަމްއިއްޔާއަކުން އެގައުމުގައި އަލަށް އުފަންވާ ކުދީންގެ ތެރެއިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅުތަކުން ނަން ދެވޭ ކުދީންނަށް ފައިސާގެ އިނާޔަތެއް ދެމުން އެބަގެންދެއެވެ.

Ads by MWSC

ބޭރުގެ މީޑިއާތަކުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތުގެ ދަށުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅުތައް ކަމަށްވާ މުޙައްމަދު ،އަޙްމަދު އަދި މަޙްމޫދު ނަމުން ނަން ކިޔޭ ކުދީންނަށް އެ ޖަމާޢަތުން ދަނީ ފައިސާގެ އެހީ ދެމުންނެވެ. އެގޮތުން ކޮންމެ ކުއްޖަކަށް މަހަކު 300 މިސްރު ޕައުންޑް (20 ޔޫއެސް ޑޮލަރު) އެ ޖަމްއިއްޔާއިން ދެއެވެ

މި ހަރަކާތާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދެއްކި އެ ޖަމްއިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިސްރުގެ ގާބިއާ ސަރަހައްދު އަވަށެއްގައި ހިންގާ މި ހަރަކާތުގައި ދޭ ފައިސާގެ ޢަދަދަކީ ކުޑަ އަދަދެއް ނަމަވެސް ، ކުދީންގެ ކޮންމެވެސް ޚަރަދެއް އެ ފައިސާއިން ފޫބެއްދޭނެ ކަމަށާއި އެ ހަރަކާތްތައް ހިންގަމުން ދަނީ ވަރަށް ގިނަ މަގުސަދުތަކަކަށް ޓަކައި ކަމަށެވެ. އެގޮތުން ފްރާންސާއި އެހެނިހެން ބައެއް ގައުމުތަކުގައި ކީރިތި ރަސޫލާގެ ހުރުމަތް ކަނޑައި ޖޯކު ޖަހަމުން ގެންދާތީ އެކަމަށާއި ކީރިތި މާތް ނަބިއްޔާގެ ސިޔަރަތާމެދު އާންމުން ހޭލުންތެރި ކުރުވުމަކީ މި ހަރަކާތުގެ އެންމެ ބޮޑު މަގުސަދު ކަމަށާއި މީގެ އިތުރުން ކޮވިޑްގެ ސަބަބުން ބިކަވަމުންދާ އާއިލާތަކަށް ފައިސާގެ އެހީއެއް ވެދިނުމަކީ ވެސް މި ހަރަކާތުގެ މަގުސަދެއް ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!