މިއަދު މިޖެހުނީ ހަތަރުދަމު ޖާބިރު ގައިގައި ބޮނޑިތާން އަޅަން އިންނަން: ދިޔާނާ
މިއަދު މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިތްހަމަ ނުޖެހި ޝުއޫރު ފާޅުކުރަން ފެށުމުން ނަން އިއްވާ މަޖިލީހުގެ ތަޅުމުން އޭނާ ނެރެ އެކިވަރުގެ އަނިޔާ ދިނުމުން، އެކަމާ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ނުރުހުން ފާޅު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު ޖާބިރު ވަނީ ނުރުހުން ފާޅުކުރައްވާ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުން ނަން އިއްވާ ބޭރުކޮށް، އިތުރަށް ނުވަދެވޭ ގޮތް ހަދާފައެވެެ. އެގޮތުން ޖާބިރަށް މަޖިލީހަށް ނުވަދެވޭނޭހެން ހުރިހާ ގޭޓެއްގައި ސެކިއުރިޓީން ބައިތިއްބާފައި ވާކަން ފާހަގަ ކުރެވެއެވެ. އެހެން ނަަމަވެސް ޖާބިރު ވަނީ ކެނޑިނޭޅި މަަޖިލީހަށް ވަންނަން މަސައްކަތް ކުރައްވާފައެވެ.
ޖާބިރު މަޖިލީސް ނިންމާލެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ހުރި އަނިޔާތައް ފެނިވަޑައިގަތުމުން ނުރުހުން ފާޅުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން މަޖިލީހުން ނަންއިއްވާ ޖާބިރު ނެރެފައިވާ ކަމަށާއި އެކިވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށް ދިޔާނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ދިޔާނާ ވިދާޅުވީ މިއަދު އެއްކޮށް އިންނަން މިޖެހުނީ ޖާބިރުގެ ގައިގައި ބޮނޑިތާން އަޅަން ކަމަށެވެ.
ހީހީ ހަލާކު
މޮޔަ ފުޅުވީދޯ ޖާބިރު
ކަމަނާފާނުގެ ފިރިކަލުންނަށް ދުރޫސުލް އަޚްލާގު ކިޔަވައި ދެއްވަންވީ
އެމް.ޓީ.ޑީ.ސޯ ދަވާލި ދެމަފިރިން. އިރުއިރުކޮޅާކޮން ފާރިހެއްގެ ވާހަކަ ދައްކާކަ ށް
އެހެންނޫނަސް ބޮނޑިތާން އަޅަމެންނުން.
ދިޔާނަ ދައްތަ ޖާބިރުބެ އަށް އަނިޔާއެއް ވާއިރަށް ފަރުވާކޮއްދޭތި އޭރުން ޖާބެ މޭން އެއް ގޮތުގައި ހުންނާނި ޖާބެ އަކީ މޭން އެއް
ކަމަނާގެ ފިރިކަލުންގެނައި އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ތި ފެންނަނީ.