Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ބޮޑު ފައިދާއެއް

ފޮޓޯ: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ )ގެ މައި އިދާރާ
ފޮޓޯ: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ )ގެ މައި އިދާރާ

ދައުލަތުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ )އިން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯދި ސާފު ފައިދާ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.

އެސްޓީއޯއިން މިއަދު ވަނީ އެ ކުންފުނީގެ 2026ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ހަތް އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ. ނަމަވެސް، ވިއްކި ތެލުގެ މިންވަރު ކުރީ ކުއާޓަރަށްވުރެ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯގެ ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތަ އިތުރުވެ، 400 މިލިއަން ރުފިޔާއަށް އަރާފައެވެ. މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބަކީ ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗަރ ކޮށް، ހަރަދުތައް ކުޑަކުރުމެވެ. މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 281 މިލިއަން ރުފިޔާއެވެ.

އެސްޓީއޯއިން ވަނީ ކުންފުނީގެ ވިޔަފާރީގެ ބައިވެރިންނާއި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް