Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާހެއް ނުވި

ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ވަނީ ބޭރުކޮށްލާފައެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އިގްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާހެއްނުވިއެވެ.

މި މައްސަލައިގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވީ ވަޒީރަށް އިތުބާރު އޮތް ކަމަށެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

މިދިޔަ އޯގަސްޓު މަހު އެމްޑީޕީގެ 13 މެންބަރަކު ސޮއިކޮށް ހުށަހެޅި މި މައްސަލައިގައި ވަޒީރުގެ ޤާނޫނީ ޒިންމާތަކާއި އިޤްތިސާދީ ކަންކަމާ ގުޅޭ ހަ ކަމެއް ފާހަގަކޮށްފައިވެއެވެ. މި ތުހުމަތުތަކަށް ވަޒީރު ސަޢީދު ވަނީ މިއަދުގެ ޖަލްސާގައި ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވެވަޑައިގެންފައެވެ.

މީގެ ކުރިން ވެސް މި ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހުން ވަނީ ކުރިން ފެއިލްކޮށްލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް