Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިސްކިތްތަކަށް ގެއްލުންދިން މީހާ ދޫކޮށްލީ ހުކުމުގެ މުއްދަތު ހަމަވުމުން: ފުލުހުން

މިސްކިތްތަކަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި ނައުޝާދު މޫސާ ދޫކޮށްލީ، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލީ، އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. މާލެހިޔާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. ނަމަވެސް، މިދިޔަ އާދިއްތަ ދުވަހު ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެހެންނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތުގައި އޭނާ ވަނީ އެއް މަހާއި 21 ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން، އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނެތުމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ނެރުނު އަމުރު ބާތިލުކޮށްފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނައުޝާދަކީ މިފަދަ ކުށްތަކުގެ އިތުރުން އެހެން ބާވަތުގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް