Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިހާކުރު ބޭސް ބުއި ޒުވާނާގެ ހާލު ސީރިއަސް!

ރިހާކުރު ބޭސް ބުއި ޒުވާނާގެ ހާލު ސީރިއަސް!

“ރިހާކުރު ބޭސް” ބޮއެގެން ހާލު ދެރަވެ އިތުރު ފަރުވާއަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ހިތަދޫގެ 21 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

”ދެން”އާ ވާހަކަ ދައްކަމުން ހިތަދޫ ސިއްހީ މަރުކަޒުގެ އޮފިޝަލް ޝިޔާޒު ބުނީ، ބޭސް ބުއި ޒުވާނާ ހިތަދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ ހަވީރު 5:30 ހާއިރު ކަމަށާއި، އަދި އިތުރު ފަރުވާއަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިރޭ ގާތްގަނޑަކަށް 8:30 ހާއިރު ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ވުމާއެކު އިތުރު ފަރުވާއަށް އައިސީޔޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިޔާޒު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ “ރިހާކުރު ބޭސް” ބޮއެފައި ވަނީ މުހައްމަދު ތަހްސީން ކިޔާ 21 އަހަރުގެ ޒުވާން ފިރިހެނެކެވެ. އަދި އޭނާ އެކަން ކުރީ ކީއްވެކަމެއް ނޭނގޭކަމަށް ޝިޔާޒް ބުންޏެވެ.

Advertisement
Allied Insurance — Square (box)

ދެންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބޭސް ބޮއިފައި ވަނީ ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ ރުޅިވުމުން އަމިއްލައަށް މަރުވުމަށް ކަމަށް ބުނެއެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑް ވެސް އޮންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް