Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުވެއިތު ފަންޑުން ރާއްޖެއަށް އެހީދޭ މިންވަރު 40 މިލިއަން ޑޮލަރަށް އިތުރުކޮށްފި

ތ. ވޭމަންޑޫ ހޮސްޕިޓަލުގެ ލޯނު އެއްބަސްވުމުގައި ކުވެއިތު ފަންޑާއެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރު ޖެނެރަލް ރަޝައިދު އަލްބަދްރުއާއެކު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ތ. ވޭމަންޑޫ ހޮސްޕިޓަލުގެ ލޯނު އެއްބަސްވުމުގައި ކުވެއިތު ފަންޑާއެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރު ޖެނެރަލް ރަޝައިދު އަލްބަދްރުއާއެކު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--

ކުވެއިތު ފަންޑުން ރާއްޖެއަށް އެހީދޭ މިންވަރު 40 މިލިއަން ޑޮލަރު އިތުރުކޮށްފިއެވެ.

އެކަން ހާމަކުރީ ތ. ވޭމަންޑޫ ހޮސްޕިޓަލުގެ ލޯނު އެއްބަސްވުމުގައި ކުވެއިތު ފަންޑާ އެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރު ޖެނެރަލް ރަޝައިދު އަލްބަދަރްއެވެ.

އަލްބަދަރް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިޢާޔަތްކުރައްވައި، މިއަންނަ އަހަރުން ފެށިގެން ރާއްޖޭއަށް ކަނޑައަޅުއްވާފައިވާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އަންނަ އަހަރު ކުރިއަށްގެންދާނެ އެންމެ ބިޔަ އެއް މަޝްރޫއުކަމަށްވާ، ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިނޭންސްކުރެވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޒަރީރު އެދިލައްވާފައިވާކަމުން، އެކަމަށް އިޖާބަދިނުމުގެ ގޮތުން އެކަމާގުޅޭ އެންމެހާ ކަންކަމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެކަމަށް ވެސް އަލްބަދަރް ވިދާޅުވިއެވެ.

ކުވެއިތު ފަންޑުން ރާއްޖޭގެ މަޝްރޫއުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާއިރު ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގި މަޝްރޫއުއަށް އެ ފަންޑުން އެހީވެދީފައިވެއެވެ.



ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް