ޚަބަރު

ދިރާގު އާރްބީ ކުއެސްޓް ޗެލެންޖު ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ފުރަތަމަ އޭއާރު (އޮގްމަންޓަޑް ރިއަލިޓީ) ގޭމް، އާރުބީ ކުއެސްޓް އަލުން ތައާރަފުކުރަން ބޭއްވި މުބާރާތުގެ ގަދަ ތިން ފަރާތް އިއުލާން ކޮށްފިއެވެ.

Ads by MWSC

މިދިޔަ ޑިސެމްބަރު މަހު ދެވަނަ ފަހަރަށް އާރުބީ ކުއެސްޓް ތައާރަފުކުރީ ހާއްސަ ފީޗާތަކާއި ގިނަ އިނާމު ތަކެއް ހިމެނޭ ޕްރޮމޯޝަނަކާ އެކުގައެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ވާދަވެރި ރައުންޑްތަކަކަށް ފަހު ލީޑާބޯޑްގެ އެންމެ ކުރީގައިވާ ތިން ބައިވެރިން ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން 21،917 ޕޮއިންޓާއެކު އެއްވަނައަށް ހޮވިފައިވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އެއްވަނައަށް ދީފައިވާ އިނާމަކީ އައިފޯން 12 ޕްރޯ މެކްސް (128ޖީބީ) އެވެ.

ދެވަނައަށް ހޮވިފައިވަނީ 21،528 ޕޮއިންޓާއެކު "ލަކުޑިބޯ"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ޖުމާން ރަޝީދެވެ. ދެވަނައަށް ދީފައި ވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ.

17،259 ޕޮއިންޓާއެކު ތިން ވަނަ އަށް ހޮވިފައިވަނީ "ކަރަންފޫ" ނުވަތަ މުހައްމަދު ޝާކިރު އަލީ އެވެ. ތިންވަނައަށް ދީފައިވާ އިނާމަކީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެކެވެ.

ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ދިރާގު ހެޑް އޮފީހުގައި އިނާމުތައް ވަނީ ހަވާލު ކޮށްފައެވެ.

އެ މުބާރާތް ނިމުނު ކަމުގައި ވިޔަސް، އާރްބީ ކުއެސްޓް ގޭމް ޑައުންލޯޑްކޮށް، މަމެން ކަސްޓަމަރުންނަށް އެ ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައިގެން މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ފުރުސަތު މާޗު ހައެއްގެ ނިޔަލަށް އޮންނާނެ އެވެ.

އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސް ގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. އެ ގޭމް މި ދެ ވައްތަރުގެ ޑިވައިސްތަކަށް ވެސް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!