Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގުކުރާ އިންވެސްޓިގޭޓަރުންނަށް ޑިޕްލޮމާ ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގުކުރާ އިންވެސްޓިގޭޓަރުންނަށް ޑިޕްލޮމާ ކޯހެއް ފަށަނީ

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފަންނީ ގޮތުން ގާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯހެއް ފަށަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީން ބުނީ އެ ކޯސް އަންނަ އަހަރު ރަސްމީކޮށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ)އިން ފަށާނެކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ހާއްސަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުމާއިއެކު، މި ހުސްކަން ފުރައިލުމަކީ ދައުލަތުގެ އަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އޭސީސީން ބުންޏެވެ.

މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ތައްޔިބު ވިދާޅުވީ އެމްނާކާއިން ފަށަން ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ ފަންނީ މީހުން ނެތްކަމުގެ ހުސްކަން ފުރައިލައި، ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާ އެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.

އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ ތަހުގީގީ ދާއިރާގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަހުގީގީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން،ގާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަހުލީލު ކުރުމުގެ ގާބިލުކަން ބިނާކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް