Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖުމުހޫރީ ދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދުކޮށްފި

ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަސް ބަންދުކުރަން ރައީސް ނިންމަވައި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މި މަހުގެ 19 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން، އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމުގެ ގޮތުން ކަމަށެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް މިހާރު ތާވަލުކޮށްފައި ވަނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރެއަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ އެރޭ 8:30 ގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުން ވެސް މި ރަސްމިއްޔާތުގައި އޮންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް