ދުނިޔެ

"ޗައިނާގެ މުސްލިމު އަންހެނުން ބަރަހަނާކޮށް، ރޭޕްކުރަން އެމީހުން ތައްޔާރުކުރަން އަހަންނަށް މަޖުބޫރުކުރި!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗައިނާގެ އުއީގަރ މުސްލިމުންނަށް އެޤައުމުގެ ސަރުކާރުން ޒަމާނުއްސުރެ ދެމުންދާ އަނިޔާތަކަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭ ވަރަށް ވުރެވެސް ހިތްދަތި އަދި އެހާމެ ވޭންދެނެވި ވާހަކަތަކެކެވެ.

Ads by Sosun Fihaara

އިސްލާމީ "ހަރުކަށި ފިކުރު" ނައްތާލުމަށާއި "އުނގަންނައި ދޭން" ކަމުގައި ބުނެ ޗައިނާ ސަރުކާރުން ދަނީ އުއީގަރ މުސްލިމުން ކޭމްޕެއްގައި ބަންދުކޮށް، އެމުސްލިމު އަޚުންނާއި އުޚްތުންނަށް އަނިޔާ ކުރަމުންނެވެ. އެމީހުންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކަ، އެތަނުން ސަލާމަތްވި އެތައް ބަޔަކު ވަނީ ދުނިޔޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

މިއީވެސް އެފަދައިން އެތަނުން ސަލާމަތްވި މީހަކު ކިޔައިދީފައިވާ ވާހަކަތަކެކެވެ.

ގުލްޒީރާ އުލްޚާން ބުނި ގޮތުގައި އޭނާ އެކޭމްޕުގައި 18 މަސް ދުވަސް ވަންދެން ބަންދު ކޮށްފައި ބެހެއްޓިއެވެ. ގުލްޒީރާއާ އެމީހުން ހަވާލު ކުރީ، މުސްލިމަކަށްވެ ހުރެ، އޭނާގެ މުސްލިމު އުޚްތުންނަށް އަނިޔާވެރި ވާށެވެ.

"އެމީހުން އަހަންނަށް މަޖުބޫރު ކުރީ މުސްލިމު އެހެން އަންހެނުން ބަރަހަނާކޮށް، އެއަންހެނުންގެ އަތްފައި ބަނދެފައި ނުވަތަ ބިޑި އަޅުވާފައި އެމީހުން ރޭޕްކުރަން ތައްޔާރު ކޮށްފައި ބާއްވަން. އުޚްތުން އެގޮތަށް ތައްޔާރު ކުރުމަށްފަހު އަހަންނަށް ޖެހެނީ އެކޮޓަރިން ނިކުންނަން. ސިފައިންގެ ޔުނީފޯމުގައި ތިބި މީހުންނާއި، ބޭރުން ގެންނަ ބައެއް ފިރިހެނުން ވެސް އެއަންހެނުން ރޭޕް ކުރޭ. ސިފައިން ތިބެނީ ބޭރުން އަންނަ އެފިރިހެނުންނަށް މުސްލިމު އަންހެނުންގެ ހަށިގަނޑު ވިއްކާލާފަ." ނުހަނު ފުން އަސަރާއެކު ގުލްޒީރާ ކިޔައިދީފައިވެއެވެ.

ގުލްޒީރާ ބުނީ މުސްލިމު އަންހެނުން ރޭޕް ކޮށްފައި އެމީހުން ދިޔުމުން، ދެން އޭނާއަށް ޖެހެނީ އެއުޚްތުން ފެންވަރުވަން ކަމަށެވެ. މުސްލިމުންނަށް އެފަދައިން އަނިޔާވެރިވާން އޭނާއަށް ޗައިނާ ސިފައިން މަޖުބޫރު ކުރީ ކަމަށާއި، އޭނާ އެމީހުން ބުނާ ގޮތް ނުހަދައިފިނަމަ ވަރަށް ބޮޑު އަދަބެއްދޭ ކަމަށް ވެސް ގުލްޒީރާ ބުންޏެވެ.

"މިހާރު އަހަރެން މިނިވަންވެފައި ހުރިނަމަވެސް، އެތަނުގައި ތިބި އަންހެނުންނަށް އަނިޔާވެރިވެވުމުން އަހަންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ" ގުލްޒީރާ ކިޔައިދީފައި ވެއެވެ.

Ads by HDC
  1. ގާރލް 7

    އަޅުގަނޑު މީ ތިބާ ނަމަވެސް ތި އިހްސާސް ތިގޮތަށް ކުރެވޭނެ. އަދި އަމިއްލަ ނަފްސަށް މަލާމާތް ރައްދުކުރެވޭނެ.. ނަމަވެސް މާތްﷲ ތިބާގެ މަޖުބޫރީ ހާލަތާއި އެކަން އެގޮތަށް ނުކުރުމަށް ތިބާ ހުށައެޅުނު އަނިޔާވެރިކަން ދެކެދެނެވޮޑިގެންވޭ. މާތްﷲ ތިބާ އެ އުޙްތުންނާއި އެކު ސުވަރުގޭގައި ލެއްވެވުމަށް އެދި ދުޢާކުރަން.