Wednesday, 11 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮޕް ސަމިޓްގައި ގޮވާލީ ކުދި ޖަޒީރާ ޤައުމުތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް

ކޮޕް ސަމިޓްގައި ގޮވާލީ ކުދި ޖަޒީރާ ޤައުމުތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް

ކޮޕް ސަމިޓްގައި ކުދި ޖަޒީރާ ޤައުމުތަކަށް ދޭ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން އެފަދައިން ގޮވާލީ މޫސުމީ ބަދަލުތަކާގުޅޭ ގޮތުން ތުރުކީގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގައެވެ.

ކޮޕް31 ގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން ފާހަގަކުރި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައި ވަނީ ކުދި ޖަޒީރާ ޤައުމުތަކަށެވެ. އެހެންކަމުން، މި ޤައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ރާއްޖެއިން ބަޔާންކުރިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ބައިވެރިވާ މި ސަމިޓު މި މަހުގެ 20އާ ހަމައަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި، ދުނިޔޭގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ޤައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ވެސް ވަނީ ތުރުކީއަށް ވަޑައިގެންފައެވެ.



ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.