Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފާރު ދަށުވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަނީ!

ފާރު ދަށުވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަނީ!

ގދ ގައްދޫން ދަތުރު ގޮސް އުޅެނިކޮށް ގެއެއްގެ ބިތެއް ވެއްޓި އަނިޔާ ލިބުނު 17 އަހަރުގެ ކުއްޖާ، އިތުރު ފަރުވާއަށް މާލެ ގެންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އުމުރުން 17 އަހަރުގެ ފިރުޝާން މިވަގުތު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ،

ގައްދޫ ކައުންސިލް މެންބަރު އާމިރު އަބްދުالله “ދެން”އާ ވާހަކަ ދައްކަމުން ބުނީ، އެ ކުއްޖާއަކީ ގައްދޫ ކުރިމަތީގައި އޮންނަ ރިސޯޓަކަށް ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމުގައި ވާ “ދޮނަދޫ ހުއްޓާ” ކިޔާ ރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖެއް ކަމަށާއި، ޒަޚަމު ވެފައިވަނީ އުމުރުން ގާތްގަނޑަކަށް 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ކުއްޖާ ޒަހަމްވީ އިމާރާތް ކުރަމުން އަންނަ ގެއެއްގެ ބިތެއް ވެއްޓިގެންނެވެ. އެގޮތުން ކުއްޖާގެ ފައިގެ ކުޑަ ހުޅަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ އިތުރުން، އަތާއި ބުރަކަށްޓާއި، ފައިގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާކަމަށް ލަފާ ކުރެވޭ ކަމަށާއި، ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމުގައި އާމިރު ފާހަގަ ކުރިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް