ރިސޯޓްތަކަށް ގޮސް އާއްމުދަނީ ހޯދާ ފަންނުވެރިން ވެކްސިން ފޯޓަލްގައި ރެޖިސްޓްރީވާން އެދިއްޖެ

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގައި ޤާއިމް ކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިން އެޗްޕީއޭ އިން ގާއިމުކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެ ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.
އެންސީއޭއިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން އެ ސެންޓަރުން ކުރަމުން ގެންދާ ކަމަަށެވެ. އެހެންކަމުން ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުޞަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެފަރާތުން އެދެއެވެ. ހަމައެއާއެކު ކޮވިޑް ވެކްސިން ޖެހުމަށް https://my.health.mv ގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފައެވެ.
އެންސީއޭ އިން ބުނީ އެ ސެންޓަރުން ގާއިމުކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަައްސާފައިވާ ކަމަށެވެ.
ތިރީގައިވާ ދެ ލިންކުން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.