ޚަބަރު

މާމެންދޫގައި ހިންގި މާރާމާރީގައި ޒަޚަމުވި ޒުވާނާގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް ފުރުވާލަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގއ މާމެންދޫގައި ހިންގި ނުރައްކާތެރި މާރާމާރީގައި ޒަޚަމުވި ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ގދ ތިނަދޫއަށް ފުރުވާލަން ޖެހިއްޖެއެވެ.

Ads by STELCO

މި ގުރޫޕު މާރާމާރީގައި އުމުރުން 17 އަހަރުގެ މުހައްމަދު އުދައްޔު ނިޔާވެފައިވާއިރު، ޒަޚަމުވެފައިވަނީ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރެވެ.

އެހޮސްޕިޓަލުގެ މުވައްޒަފެއް “ދެން” އަށް މައުލޫމާތު ދިން ގޮތުގައި، ޒަޚަމުވި ޒުވާނާގެ ހާލު ސީރިއަސް ވުމާ ގުޅިގެން، އިތުރު ފަރުވާއަށް، ގދ ތިނަދޫގެ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މިރޭގެ މާރާމާރީގައި، މާމެންދޫ، ލިލީ އޮފްދަ ވެލީ، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު ނިޔާވެފައިވާއިރު، މާރާމާރީގައި ޒަޚަމުވި ފިރުޝާން ޒާހިރަކީ އުދައްޔުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެންގޮސްފައިވާއިރު، މާމެންދޫއާ ކައިރި ގއ އަތޮޅުގެ އެހެން ރަށްތަކުގެ ފުލުހުން މާމެންދޫގައި މިހާރު ހަރަކާތްތެރި ވަމުން ކަމަށް ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!