ޚަބަރު

އަހަރެއް ފަހުން މަރު ކޮމިޝަންގެ ޕްރެސްއެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަހަރެއްހާ ދުވަސް ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

Ads by MWSC

އެ ކޮމިޝަނުން ބުނީ މި ބައްދަލުުން އޮންނާނީ މިއަދު މެންދުރު 1 ޖަހާއިރު ކަމަށެވެ.

މިއީ އެ ކޮމިޝަންގެ ރައީސް އަކަށް ކުރިން ހުންނެވި ހުސްނުއްސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔަރުކަމަށް 2019 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި އައްޔަން ކުރެއްވުމަށް ފަހު، ބާއްވާ ފުރަތަމަ ޕްރެސްއެވެ.

މިހާރު ކޮމިޝަންގެ ރައީސް އަކަށް ހުންނެވީ ފަރީޝާ އަބްދުﷲ އެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުގެ ތެރޭގައި ހިމެނެނީ ފަރީޝާގެ އިތުރުން އަހުމަދު ނާޝިދާއި، މިސްބާހު އައްބާހެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު، އެކުލަވާލެއްވި މި ކޮމިޓީން އަންނަނީ ގިނަ މައްސަލަތަކެއް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝިމް ޢަލީ އާއި، ގެއްލިފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟުވާންގެ މައްސަލަ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!