އުދައްޔުގެ ފޭސްބުކް ކަވަރ ފޮޓޯ: ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަަމަވެސް ﷲ ގެ ހަޒްރަތަށް އެނބުރި ރުޖޫޢަވޭ

ގއ.މާމެންދޫއަށް މިއަދުގެ އިރު އަރާފައި ވަނީ އަމާންކަން ގެއްލި، ބިރުވެރިކަން މުޅި ރަށުތެރެއަށް ފަތުރަމުންނެވެ. ރޭ އެރަށުގައި ހިނގި މާރާމާރީއެއްގައި، އުމުރުން އެންމެ 17 އަހަރުގެ އަހްމަދު އުދައްޔު މިދުނިޔެއާ ވަކިވެގެން ދިޔައީ އެރަށާއި މުޅި ރާއްޖެ ވެސް ސިއްސުވާލާފައެވެ. މާތް ﷲ އެފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާމީން!
އުދައްޔުގެ މަރާއެކު އުދައްޔުގެ ފޭސްބުކް ޕޯސްޓްތައް ގިނަ ބަޔަކު ދިޔައީ މީސްމީޑިޔާގައި ޝެއަރ ކުރަމުންނެވެ. މި ފޯސްޓްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އުދައްޔުގެ ފޭސްބުކުގެ ކަވަރ ފޮޓޯއަށް ލައިފައިވާ ދީނީ ލިޔުންކޮޅެވެ. އެލިޔުން ކޮޅުގައި ވަނީ “ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަަމަވެސް ﷲ ގެ ހަޒްރަތަށް އެނބުރި ރުޖޫޢަވޭ“ މިފަދައިންނެވެ.
[caption id="attachment_61625" align="alignnone" width="946"]<img class="wp-image-61625 size-full" src="https://cdn.dhen.mv/wp-content/uploads/2021/02/photo_2021-02-09-13.11.53-e1612858467187.jpeg" alt="" width="946" height="955" /> އުދައްޔުގެ ފޭސްބުކް ކަވަރ ފޮޓޯ[/caption]
އަހުމަދު އުދައްޔު މި ދުނިޔެއާ އަލްވަދާއު ކީ ނަމަވެސް އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ލިބުނު ސީރިއަސް ޒަޚަމުތަކާއެކު މިހާރު އޭނާ ވަނީ އިތުރު ފަރުވާއަށް ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އުދައްޔު މި ފަނާވަނިވި ދުނިޔެއިން އަލްވަދާއު ކިޔައި އެންމެންނާ ވަކިވެ ގޮސްފި ކަމެއް އުދައްޔުގެ ބޭބެއަށް އަދިވެސް ނޭނގެއެވެ.
އެއްމައެއްގެ ނުވަތަ އެއްރަހިމެއްގައި އުފެދިގެން އައި އެއްބަނޑު އެއްބަފާ ކޮއްކޮ މިއަދު ގާތުގައި ނެތްކަން، މަރާ ހަނގުރާމަ ކުރަމުން އަންނަ ބޭބެއަށް އެނގޭ ހިސާބުން ބޭބެގެ ލަގޮނޑިއަށް ކެތްވާނެބާއޭ ހިތަށް ވެސް އަރައެވެ. އެހެންނަމަވެސް ކޮންމެވެސް އިރަކުން މި ހިތި ހަގީގަތް ވެސް ފިރުޝާންއަށް އެނގުން މުހިންމެވެ.
މާތް الله އުދައްޔުގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާ، އުދައްޔުގެ ބޭބެއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާށިއެވެ. އާމީން!






ކޮމެންޓް