ޚަބަރު

އުދައްޔުގެ މަރާ ގުޅިގެން މިހާތަނަށް 5 މީހަކު ހައްޔަރަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީ އާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ރޭ ހިނގި މާރާމާރީގައި ކުޑަ ކުއްޖަކު މަރާލި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން މިރޭ އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިރޭ ހައްޔަރުކުރީ އުމުރުން 25 އަހަރާއި 18 އަހަރުގެ މީހެކެވެ.

މި މައްސަލައިގައި ކުރިން ހައްޔަރުކުރީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ.

ގއ މާމެންދޫގައި ހިންގި ނުރައްކާތެރި މާރާމާރީގައި އުމުރުން 17 އަހަރުގެ މުހައްމަދު އުދައްޔު ނިޔާވެފައިވާއިރު އޭނާގެ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރު ވަނީ ޒަހަމް ކޮށްލާފައެވެ. އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަަށާއި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި މާރާމާރީގައި ޒަހަމް ކޮށްލި އުދައްޔުގެ ބޭބެގެ ވެސް ހާލު ދެރަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!