Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ރިޕޯޓް

ހަގުދަރި ނިޔާވެ، ދޮށީ ދަރި އެދަނީ މަރާ ހަނގުރާމަ ކުރަމުން، އާއިލާއަށް ކުއްލި ސިހުމެއް!

ހަގުދަރި ނިޔާވެ، ދޮށީ ދަރި އެދަނީ މަރާ ހަނގުރާމަ ކުރަމުން، އާއިލާއަށް ކުއްލި ސިހުމެއް!

ގއ މާމެންދޫގައި ރޭ 11:00 ގައި ހިންގި މާރާމާރީއެއްގައި، މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު، 17އ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީ ޚަބަރަކީ މުޅި ރާއްޖެ އަދި ގއ.މާމެންދޫ ގެ ރައްޔިތުންނަށް އެތައް ގޮތަކުން ސިހުން ލިބިގެން ދިޔަ ޚަބަރެކެވެ. މުޅި މާމެންދޫ އެއްކޮށް ފަޅުކޮށްލި ޚަބަރެކެވެ. ރަށުތެރެއަށް ބަލާލި ކޮންމެ މީހަކަށް ވެސް މަޑުމައިތިރިކަމާއި މާޔޫސީކަން އެރަށުން ފާހަގަވެގެން ދާނެއެވެ.

މި ހާދިސާގައި އުދައްޔުގެ ފުރާނަ ސަލާމަތް ކުރުމަށް އުދައްޔުގެ އެއްބަޑު އެއްބަފާ ބޭބެ ވަނީ އޭނާ ކޮއްކޮގެ ދިފާއުގައި ނިކުމެފައެވެ. އަދި މިވަގުތު އެފަކީރު އެއަންނަނީ ފުން ޒަޚަމުތަކަކާއެކު މަރާ ހަނގުރާމަ ކުރަމުންނެވެ. އާއިލާއިން ބުނަނީ ބޭނުން ވަނީ އެންމެހާ ބޭފުޅުންގެ ހެޔޮ ދުޢާ ކަމަށެވެ. ޑޮކްޓަރުން އަންނަނީ ކެނޑިނޭޅި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު، 21އ ގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެއްބަޑު އެއްބަފާ ދެބެއިންގެ ހާލާމެދު ވިސްނާ އެ ދެބެއިންގެ މަންމަ އަދި ބައްޕަގެ ހިތުގައި އަޅާނެ ވޭން ތަސައްވަރު ކޮށްލެވޭނީ ވެސް ފަހެ ކިހިނަކުން ހެއްޔެވެ؟ އެއްކޮޅުން ހަގު ދަރިފުޅުގެ ކަށުކަމާކެމީގެ ކަންކަމަށް ތައްޔާރުވަމުން އަންނަ އިރު، އަނެއް ކޮޅުން ދޮށީ ދަރިފުޅު އެއޮތީ އޭނާގެ ކޮއްކޮގެ ދިފާއުގައި ނިކުމެ، ލިބުނު ފުން ޒަޚަމުތަކާއެކު މަރާ ހަނގުރާމަ ކުރާށެވެ. އާއިލާއަކަށް ލިބޭނެ ބޮޑު ހިތާމައެއްކަން ޔަގީނެވެ.

Advertisement
Allied — Dhen Online (box)

އުދައްޔުގެ ބޭބެގެ ގަޔަށް ވަޅިން ހަމަލާ ދީފައިވާއިރު، އެއްތަނަކަށް އެތައް ފަހަރަކު ވަޅިން ހަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މާރާމާރީއަކީ އެރަށުގެ ދެއަވަށެއްގެ ދެ ގުރޫޕެއްގެ ދެމެދުގައި، އަންހެން ކުއްޖަކާ ގުޅޭގޮތުން ޖެހުނު މައްސަލައެއްގައި ހިނގި މާރާމާރީއެކެވެ. ނަތީޖާއަކަށް ވީ މާރާމާރީގައި އެކެއްްގެ ފުރާނަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔުމެވެ. މަޔަކާއި ބަފައެއްގެ ހިތް ރޮއްވާލާ އާއިލާއަށް ކުއްލި ސިހުމެއް ލިބިގެން ދިއުމެވެ.

މަޔަކާއި ބަފައެއްގެ ދަރިއެއް އަދި ލޯބިވާ ކޮއްކޮއެއް މި ދުނިޔެ ދޫކޮށް ދިޔައީއެވެ. ދެން އޮތީ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކޮށް ކެތްކުރުމެވެ. އަދި މިވަގުތު އެނދުމަަތި ކުރެވިފައިވާ ފިރުޝާންގެ ހާލަތު ރަނގަޅު ވޭތޯ ދުޢާ ކުރުމެވެ. މި ހިތްދަތި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އުދައްޔުގެ ފުރާނައަށް ރަޙުމަތް ލައްވާ އަދި ފިރުޝާންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް