އުދައްޔުގެ މަރަށް އިންސާފު ހޯދައިދޭން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ : ހޯމް މިނިސްޓަރު

އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ފުރާނައެއް ނަގާލުމަކީ ބޮޑު ކުށެއް ކަމަށާއި އުދައްޔުއަށް އިންސާފު ހޯދައިދިނުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
https://twitter.com/shimranab/status/1359093708021329920?s=21
“ހައްޤަކާ ނުލާ ފުރާނެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް، ކުށެއް! ދިވެހި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހައްމަލް ކުރާނެކަމެއް ނޫން. އަޙުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ އިންޝާﷲ“ އިމްރާންގެ ޓްވީޓުގައި ބުނެފައިވެއެވެ.
ގއ މާމެންދޫގައި ހިންގި ނުރައްކާތެރި މާރާމާރީގައި އުމުރުން 17 އަހަރުގެ މުހައްމަދު އުދައްޔު ނިޔާވެފައިވާއިރު އޭނާގެ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރު ވަނީ ޒަހަމް ކޮށްލާފައެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެންގޮސްފައިވާއިރު، މާމެންދޫއާ ކައިރި ގއ އަތޮޅުގެ އެހެން ރަށްތަކުގެ ފުލުހުން މާމެންދޫގައި މިހާރު ހަރަކާތްތެރި ވަމުން އެބަދެއެވެ.







ކޮމެންޓް